އޭސް ހާޑްވެއާގެ ''ބެކް ޓު ސްކޫލް'' ޕްރޮމޯޝަން ފަށައިފި

އޭސް ހާޑްވެއާގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން މިހާރު ވަނީ ފަށާފަ ---

ސްކޫލް ހުޅުވުމާ ދިމާކޮށް ދަރިވަރުންނަށް ބޭނުންވާނެ ގިނަ އައިޓަމްތައް ހިމެނޭގޮތަށް އޭސް ހާޑްވެއާއިން "ބެކް ޓު ސްކޫލް" ނަމުގައި ޙާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޭސް ހާޑުވެއާ މަޝްހޫރުވެފައި އޮންނަނީ ވިއްކާ ތަކެތީގެ ކޮލިޓީގެ އިތުރުން، އާއްމު ދިރިއުޅުމުގައި ގެއަށް ބޭނުންވާ ގިނަ ތަކެތި އެއް ފުރާޅެއްގެ ދަށުން ލިބޭ ތަނެއްގެ ގޮތުގައެވެ.

އޭސް ހާޑުވެއާގެ ވިޔަފާރި ބައްޓަންކޮށްފައި އޮންނަނީ ކަސްޓަމަރުންގެ ބޭނުންތައް ބަލައިގެން އެވަގުތެއްގައި ކަސްޓަމަރުން އެންމެ ބޭނުންވާ ތަކެއްޗަށް އިސްކަންދީގެންނެވެ. އޭސް ހާޑުވެއާއިން ކޮންމެ މަހަކުވެސް ވަކި އުފެއްދުންތަކަށް ޙާއްޞަކޮށް ޕްރޮމޯޝަން ކުރިއަށްގެންދެއެވެ.

އޭސް ހާޑްވެއާގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަންގައި ވިއްކާ ބައެއް ތަކެތި --

އޭސްއިން މިފަހަރުގެ ޕްރޮމޯޝަން ޚާއްޞަކޮށްފައިވަނީ، ސްކޫލް ކުދިންނަށެވެ. މިގޮތުން ދަރިވަރުން ސްކޫލަށް ގެންދިއުމަށް ބޭނުންކުރާ ލަންޗްބޮކްސް އާއި ދެ ޖިންސްގެ ކުދިންނަށް ބޭނުންވާ އެކި ޑިޒައިންތަކުގެ ދަބަހާއި، ސްޓޭޝަނަރީ އާއި ފެންފުޅި ފަދަ އެއްޗެހިވަނީ ގެނެސްފައެވެ. މި ހުރިހާ އުފެއްދުންތަކަކީ ޔޫރަޕްގެ އެންމެ މަތީ ކޮލިޓީ އުފެއްދުންތައް ނަމަވެސް އޭސްއިން މި ތަކެތި ވިއްކަނީ ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި ކަމަށް އެ ފިހާރައިން ބުނެއެވެ.

މީގެ ތެރެއިން ކުދިން އިންޓަވަލް އަޅަން ބޭނުންކުރާ ސިސްޓެމާ ލަންޗްބޮކްސްއަކީ ނިއުޒިލެންޑުގެ އުފެއްދުމެކެވެ. މިއީ ބީޕީއޭ ފްރީ އުފެއްދުމެކެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން މިއަދަކީ ޚާއްޞަ ދުވަހެކެވެ. އެގޮތުން މި ދުވަހަށް ކަނޑައެޅިފައިވާ ވަކި އެއްޗެހި ތަކަކަށް ޚާއްޞަ އަގުތަކެއް ހަމަޖައްސާފައިވެއެވެ.

މީގެ އިތުރުން އަންނަ ހޯމަ އާއި އަންގާރަ ދުވަހު، އޭސްގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކުޑަކުދިން ކުޅޭ ތަކެތިން 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނޭކަމަށްވެސް އޭސް ހާޑުވެއާއިން ބުނެއެވެ.

އޭސް ހާޑްވެއާއަކީ އެމެރިކާގެ ޝިކާގޯ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯލޯޑް މޯލްޑިވްސް ގުޅިގެން 2011 ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ. މާލެ ސިޓީގައި އޭސް ހާޑުވެއާގެ ތިން ފިހާރަ ހިންގާއިރު، މިއީ އެއް ފުރާޅެއްގެ ދަށުން އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ އަދަދެއްގެ ކޮލިޓީ މުދާ ލިބޭ ފިހާރައެކެވެ.

comment ކޮމެންޓް