އޭސް ހާޑްވެއާގެ މި ފަހަރުގެ ޕްރޮމޯޝަން ޚާއްސަ ކުރަނީ ސާފުކުރާ ސާމާނަށް

އޭސް ހާޑްވެއާ ހޯމް ސެންޓަރު --- ފޮޓޯ/އޭސް ހާޑްވެއާ

އޭސް ހާޑްވެއާގެ މި މަހުގެ ޕްރޮމޯޝަން، ގޭތެރެ އަދި އެ ނޫން ވެސް އެކި ބޭނުންތަކުގައި ސާފުކުރުމަށް ބޭނުންކުރާ ތަކެއްޗަށް ޚާއްސަ ކޮށްފިއެވެ.

އޭސްގެ މި ޕްރޮމޯޝަން ކުރިއަށް ދަނީ މި މަހުގެ އެކަކުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން އެކި ކަންކަމަށް ބޭނުންކުރާ ސާފުކުރާ ސާމާނާއި ހަދިޔާއަށް ދޭ އުއްބައްތި ފަދަ ތަކެތި ޑިސްކައުންޓު އަގުތަކުގައި ލިބޭނެއެވެ. އޭގެ ތެރޭގައި ފާޚަނާ ސާފުކުރުމަށާއި، ލަކުޑި ތަންތަނުގައި އަދި ގްރިލްތަކުގައި ބޭނުންކުުރުމަށް ޚާއްސަ "ކްލީނިން ސޯލްވެންޓްސް" ހިމެނެއެވެ. އަދި ހުރިހާ ކަމަކަށް ބޭނުންކުރެވޭ ސްޕްރޭ އާއި ލިކުއިޑް އާއި ފޯމްގެ ގޮތުގައި ތަށި އަދި ތެލިފަދަ ތަކެތި ދޮވުމަށް ބޭނުންކުރާ ތަކެއްޗާއި ކާޕެޓާއި ތަޅުން ސާފުކުރުމަށް ބޭނުންކުރާ ތަކެތި ވެސް ހިމެނެއެވެ.

އޭސް ހާޑްވެއާއަކީ ގޭތެރޭ ސާފުކުރުމަށް ބޭނުންކުރާ ގިނަ ބާވަތުގެ ގިނަ ތަކެތި ލިބޭ ތަނަކަށް ވީއިރު، ގޭތެރެ ޒީނަތްތެރި ކުރުމަށް އަދި ހަދިޔާގެ ގޮތުގައި ބޭނުންކުރާ އެކި ތަކެތި ވެސް މި ފިހާރައިން ލިބެއެވެ. ވަކިން ޚާއްސަކޮށް، ގޭތެރެއާއި އޮފީހުގައި ބޭނުންކުރުމަށް ޚާއްސަ އެމެރިކާގެ ހައި ކޮލެޓީ ބްރޭންޑުތަކުގެ އެކި ބާވަތްތަކުގެ އުފެއްދުންތައް ވެސް މި ފިހާރައިން ލިބޭނެއެވެ.

އޭސް ހާޑްވެއާއަކީ އެމެރިކާގެ ޗިކާގޯ އޭސް އިންޓަރނޭޝަނަލް އާއި ރާއްޖޭގެ ކޯލޯޑް މޯލްޑިވްސް ގުޅިގެން 2011 ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ. މާލެ ސިޓީގައި އޭސް ހާޑުވެއާގެ ތިން ފިހާރަ ހިންގާއިރު، މިއީ އެއް ފުރާޅެއްގެ ދަށުން އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ އަދަދެއްގެ ކޮލިޓީ މުދާ ލިބޭ ފިހާރައެކެވެ.

comment ކޮމެންޓް