އޭސް ހާޑްވެއާގެ މި ފަހަރުގެ ޕްރޮމޯޝަން ބާބެކިއުއަށް ޚާއްސަ

އޭސްހާޑްވެއާގެ ހޯމް ސެންޓަރު --

ހަފުތާ ބަންދެއް ލިބިއްޖެ ނަމަ އާއިލާތައް ނުވަތަ ރައްޓެހިން އެއްތަނަކުން ބައްދަލުވެލައި، ހިތްއުފާ ކޮށްލުމަށް އެންމެ ފުރަތަމަ ވެސް ވާހަކަދެކެވޭނީ ބާބެކިއުއެއް ހެދުމާއި ގުޅޭގޮތުންނެވެ. މި ފަހަރު މިއޮތީ ބާބެކިއުއަށް ޝައުގުވެރިކަން ހުންނަ މީހުނަށް އުފާވެރި ޚަބަރެކެވެ. އޭސް ހާޑްވެއާއިން މިހާރު ވަނީ، ބާބެކިއު ގްރިލްއަށް ހާއްސަކޮށް "ރެޑް ހޮޓް ބައި" ނަމުގައި ޕްރޮމޯޝަނެއް ފަށައިފައެވެ.

މި ޕްރޮމޯޝަނުގައި އޭސް ހާޑުވެއާއިން ވަނީ، އެ ތަނުން ވިއްކާ ބާބެކިއު ގްރިލްތަކުގެ އަގުތައް ވަރަށް ބޮޑަށް ހެޔޮ ކޮށްފައެވެ. އޭސް ހާޑުވެއާ އިން އެކިވައްތަރުގެ އެކި ސައިޒުތަކުގެ ބާބެކިއު ގްރިލް ވިއްކައެވެ.

އޭގެ ތެރޭގައި އިންޑޯ އަދި އައުޓްޑޯގައި ބާބެކިއު ހެދުމަށް ބޭނުންކޮށްލަން އެންމެ ފަސޭހަގޮތަށް ފަރުމާކޮށްފައިވާ ގްރިލް ހިމެނެއެވެ. މި ގްރިލްތައް ތައްޔާރުކޮށްފައިވަނީ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ ގޮތަށެވެ. ގްރިލްގެ އިތުރުން ބާބެކިއު ހެދުމަށް ބޭނުންކުރާ ޗާކޯލް އާއި އެހެނިހެން އާލާތްތަކުގެ އަގުތައް ވެސް ވަނީ ހެޔޮކޮށްފައެވެ.

އޭސް ހާޑުވެއާއިން ވަނީ، ގްރިލްގެ އިތުރުން ގާޑަންގައި ގަސް ހެއްދުމަށް ބޭނުންކުރާ އާލާތްތަކަށް ހާއްސަކޮށް ވެސް ޕްރޮމޯޝަނެއް ފަށައިފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ގަސް އިންދާ ހެއްދުމަށް ބޭނުންކުރާ ޕޮޓާއި، ފަކީރާގެ އިތުރުން ގަސް ކާނާގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ.

އޭސް ހާޑުވެއާ އިން ގެންދަނީ ކޮންމެ މަހަކު ވެސް އެ ފިހާރައިން ވިއްކާ ކޮންމެ ވެސް އުފެއްދުންތަކަކަށް ހާއްސަކޮށް ޕްރޮމޯޝަން ހިންގަމުންނެވެ. ބޭނުމަކީ ކަސްޓަމަރުންނަށް ވީހާވެސް ހެޔޮ އަގެއްގައި އޭސް އިން ވިއްކާ ތަކެތި ގަނެވޭނޭ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.

ބާކެބިއު ގްރިލް އާއި ގާޑަންގައި ބޭނުންކުރާ އާލާތްތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އޭސް ހާޑްވެއާގެ ތިން ފިހާރައިގައި ވެސް ކުރިއަށްދާނެއެވެ. އެ ތިން ފިހާރައަކީ މަޖީދީމަގު އަލިކިލެގެފާނު މަގަށް ވާގޮތަށް ހުންނަ ފިހާރައާއި، އަޅިވިލާމަގުގައި ހުންނަ ފިހާރައެވެ.

އޭސް ހާޑްވެއާ އަކީ އެމެރިކާގެ ޝިކާގޯ އޭސް އިންޓަރނޭޝަނަލް އާއި ރާއްޖޭގެ ކޯލޯޑް މޯލްޑިވްސް ގުޅިގެން 2011ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ. މާލެ ސިޓީގައި އޭޝް ހާޑުވެއާގެ ތިން ފިހާރަ ހިންގާއިރު، އެންމެ ހައްސަ ކަމަކީ މި އެއް ފުރާޅެއްގެ ދަށުން އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ އަދަދެއްގެ ކޮލިޓީ މުދާ ލިބެން ހުރުމެވެ.

އޭސް ހާޑްވެއާއިން ވިއްކާ ތަކެތި، ހެންވޭރު ފިލިގަސް ހިނގުމުގައި ހުންނަ ފިހާރައިން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް