ތިން ވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަޒްނާ ބައިވެރިވެވަޑައިގެންފި

ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަޒްނާ ބައިވެރިވެވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު، ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.

މިއީ ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ، ބައިނަލްއަގުވާމީ ފެޝަން ވީކެކެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހަށް ކުރިއަށްގެންދާ މި ފެޝަން ވީކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ, އެ ފެޝަން ވީކްގައި ރާއްޖެއިން ބައިވެރިވާ ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާޢީލް ހުށަހަޅައިދޭ ތައި ސިލްކް ޑިޒައިންގެ ހެދުންތައް ވެސް ފަޒްނާ ބައްލަވައިލައްވާނެ ކަމަށެވެ.

ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަޒްނާ ތައިލެންޑަށް ވަޑައިގަތީ، އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗާ ޕްރޮމޯޝަންސްގެ ދައުވަތަކަށެވެ.

comment ކޮމެންޓް