ރަޝިޔާއިން ޔޫރަޕުގެ ގައުމުތަކަށް: ޕެޓްރޯލްގެ އަގު ބޮޑު ވަނީ، ދަތުރުފަތުރަށް ބަދަލު ގެނޭ

ރަޝިއާގެ ތެޔޮ ކާރުޚާނާއެއް: ފޮޓޯ: ސީއެންއެން

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރޭނަށް އަރައި ފެށި ހަނގުރާމައާއެކު ދުނިޔޭގެ އިގުތިސާދަށް އެރި ލޮޅުމުން އަދިވެސް އަރައިނުގަނެވެއެވެ. އެ ހަނގުރާމަ ހުއްޓުވުމަށް ރަޝިއާއަށް މަޖުބޫރު ކުރުވުމުގެ ގޮތުން ޔޫރަޕުގެ އިއްތިހާދުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ކަނޑުމަގުން ރަޝިއާގެ ތެލުގެ ބާވަތްތައް އެގައުމުތަކަށް އެތެރެކުރުން މަނާ ކުރުން ހިމެނެއެވެ. އެ ފިޔަވަޅަށް ރަޝިއާއިން ދިން އެއް ރައްދަކީ، ޔޫރަޕުގައި ތެލުގެ އަގު ބޮޑުވާނެ ކަމަށާއި އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނީ އާންމު ރައްޔިތުން ކަމެވެ.

އެފަދަ ރައްދެއް ދިނުމުގެ ގޮތުން، ބަންގްލަދޭޝްގައި ހުންނަ ރަޝިއާގެ އެމްބަސީން ވަނީ ފޭސްބުކުގައި ވީޑިއޯއެއް އާންމުކޮށްފައެވެ.

މިހާރު 442،000އަށް ވުރެ ގިނަ 'ވިއުސް' ލިބިފައިވާ އެ ވީޑިއޯއިން ދައްކަނީ އަންނަ އަހަރުގެ ފިނި މޫސުމުގައި ޔޫރަޕުގައި ހާލަތު އޮންނާނެ ގޮތެވެ. އެގޮތުން ޒުވާނަކު ހިނގާފައި ގޮސް ކާރަކަށް އަރާ، އެ ކާރު ސްޓާޓް ކުރާ މަންޒަރު ފެނެއެވެ. ނަމަވެސް ކާރުގައި ޕެޓްރޯލް ނެތްކަން އޭނާއަށް ފާހަގަކުރެވެއެވެ.

ދެން ފެންނަނީ ކާރު ކުރިއަށްދާތަނެވެ. ނަމަވެސް އޭގެ އިންޖީނުގެ އެހީގައެއް ނޫނެވެ. ކާރު ދަމާފައި ގެންދަނީ އަހެކެވެ.

މިއީ އަދި އެވީޑިއޯގެ އެންމެ ޝައުގުވެރި ބައެއް ނޫނެވެ. އެ ވީޑިއޯއިން އެންމެ ފާހަގަކޮށްލެވެނީ، ޔޫރަޕުގެ ގައުމުތަކަށް އެ ވީޑިއޯއިން ދިން މެސެޖެވެ.

"ޔޫރަޕުގެ މީހުންނޭވެ. ދަތުރުފަތުރު ކުރުމަށް އެހެން ގޮތްތަކެއް ހޯދާށެވެ. އެއީ ވަރަށް އަވަހަށް ޕެޓްރޯލުގެ އަގު މާ ބޮޑު ވާނެތީއެވެ." އެ މެސެޖުގައިވެއެވެ.

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ބަދަލުތައް އައިސްފައިވަނީ ތެލުގެ އަގެވެ. ވަކިން ޚާއްސަކޮށް ޕެޓްރޯލާއި ޑީސެލްގެ އަގެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ ރަޝިޔާ ކަމަށް ވާއިރު އެގައުމަކީ ސައުދީ އަރަބިއްޔާގެ ފަހަތުން ދުނިޔެއިން ކްރޫޑް އޮއިލް އެންމެ ގިނައިން ބޭރުކުރާ ގައުމުވެސް މެއެވެ. އަދި އެ ގައުމަކީ ދުނިޔެއިން ތިން ވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުވެސް މެއެވެ.

މިއަދުވެސް ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައަށް އަލިމަގެއް ފެންނަން ނެތް އިރު، ފާއިތުވި މަސްތަކުގައި ޕެޓްރޯލާއި ޑީސެލްގެ އަގު ރެކޯޑު އަަދަދުތަކަށް އަރާފައިވެއެވެ.

ދުނިޔޭގެ އިގްތިސާދަށް ރަޝިޔާގެ ތެލަކީ ނުހަނު ބޭނުންތެރި އަދި މުހިންމު އެއްޗަކަށް ވާއިރު ޔޫރަޕުގެ ގައުމުތައް އެއް ވެގެން ރަޝިޔާގެ ތެލަށް ވަކި އަގެއް ކަނޑައަޅަން އުޅުނަސް އެކަމަކީ ކުރަން އުނދަގޫ ވާނެ ކަމެކެވެ. ޔޫރަޕުގެ ބޮޑު ބާރުތައް އެއްވެގެން އެމެރިކާއިން ރަޝިޔާގެ ތެޔޮ ވިއްކޭނެ އަގަކީ ފީފާއަކަށް 65 ޑޮލަރާއި 70 ޑޮލަރާއި ދެމެދުގެ އަގެއް ކަމުގައި ކަނޑައެޅި ނަމަވެސް، އަދިވެސް ހަމަ އަގެއް އެކަމުގައި ކަނޑައެޅިފައި ނެތެވެ.

ރަޝިޔާގެ ތެލުގެ މޮނޮޕޮލީ ދުނިޔޭގެ އިގުތިސާދުން ނަގައިފިނަމަ މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ސަބަބުން ކުރާނެ އަސަރު މާބޮޑެވެ. އެއީ އެހެން ހުރިހާ ގައުމުތައް އެއްވެގެން ވެސް ރަޝިޔާއިން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރާ ތެލުގެ މިންވަރާ އެއްވަރު ނުވުމަކީ މީގެ އެންމެ ބޮޑު ސަބަބެވެ.

އެހެން ނަމަވެސް، ތެލުގެ އަގު ދުވަހެއްދުވަހަކަށް މިހާރުވެސް ދަނީ އިތުރު ވަމުންނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ރަޝިއާއިން ތެޔޮ ރައްކާކުރާ މިންވަރު މަދުވުމެވެ. ޚާއްސަކޮށް، ހަނގުރާމައިގެ ސަބަބުން ރަޝިއާއިން ތެޔޮ ނެގުން މަދުކުރުމުގެ ސަބަބުން ވެސްޓާން ސައިބީރިއާގައި ހުންނަ ތެޔޮ ނަގާ އަދި ރައްކާކުރާ އިކުއިޕްމެންޓްސް ގަނޑުވެ ހަލާކުވުން ހިމެނެއެވެ.

ކޮންމެއަކަސް، ރަޝިޔާ އިން ބޭރުކުރާ ތެލަށް ޔޫރަޕުގެ ގައުމުތަކުން ވަރަށް ބޮޑަށް ބަރޯސާވެއެވެ.

comment ކޮމެންޓް