ވޯލްޑް ކަޕުން ކެޓި ގައުމުތަކުގެ ކުޅުންތެރިން ޗުއްޓީއަށް ރާއްޖެއަށް

ވޯލްޑް ކަޕުން ކެޓުމަށްފަހު ރާއްޖެއައި ބައެއް ކުޅުންތެރިން --

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، އެ ބުރުން މުބާރާތް ނިންމާލަން ޖެހުނު ގައުމުތަކުގެ ބައެއް ކުޅުންތެރިން ރާއްޖެ އަތުވެއްޖެއެވެ.

އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ހަމައިން ވަކިވާން ޖެހުނުު އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް މިއަދު މެންދުރުފަހު ރާއްޖެ އައިސްފައިވެއެވެ.

https://sun.mv/171283

ސުއަރޭޒްގެ އިތުރުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފުޓުބޯޅައިގެ މަޝްހޫރު އެތައް ކުޅުންތެރިންތަކެއް ރާއްޖެ އައިސްފައިވެއެވެ.

މިހާތަނަށް ރާއްޖެ އައި ފުޓުބޯޅަ ތަރިންގެ ތެރޭގައި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމްއާ ކުލަބު ފުޓުބޯޅައިގެ ރަސްގެފާނު ރެއާލް މެޑްރިޑުގެ ކީޕަރު ތިބައު ކޯޓުއާވެސް ރާއްޖެ އައިސްފައިވާއިރު، ރެއާލްއާއި އުރުގުއޭގެ ޒުވާން މިޑްފީލްޑަރު ފެޑެރިކޯ ވަލްވާޑޭވެސް ވަނީ ރާއްޖެ އައިސްފައެވެ.

މީގެއިތުރުން މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބި، ބައިނަލްއަގްވާމީ ބްރޭކުގައި ހުރި ކުޅުންތެރިންވެސް ރާއްޖެ އައިސްފައިވެއެވެ. އެގޮތުން މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު، އިޓަލީއާއި ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާއާއި އަލްޖީރިއާ އަދި މެންޗަސްޓާ ސިޓީއަށް ކުޅެމުން އަންނަ ރިޔާދް މަހްރޭޒް ވެސް ރާއްޖެ އައިސްފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

ރާއްޖެ އައި ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕަށް ކޮލިފައި ނުވާ ގައުމުތަކަށް ނިސްބަތްވާ ދެ ކުޅުންތެރިން --

މި ދެތިން ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ފަސް ކުޅުންތެރިއަކު ރާއްޖެ އައިސްފައިވާއިރު، ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އިތުރު ކުޅުންތެރިންތަކެއްވެސް ރާއްޖެ އައިސްފައިވެއެވެ. އަދި ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ކުޅުންތެރިންވެސް ރާއްޖެ އަންނާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް