ފީފާ ވޯލްޑް ކަޕުގައި އުރުގުއޭ ޓީމަށް ލިބުނު ނާކާމިޔާބީ އާއިއެކު، ޗުއްޓީ ހޭދަކޮށްލުމަށް އެޓީމުގެ ތަރި ލުއިސް ސުއަރޭޒް ރާއްޖެ އަތުވެއްޖެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ސުއަރޭޒް ރާއްޖެއަައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާ ރާއްޖެ އަައީ އާއިލާއާ އެކުގައި ކަމަށްވެއެވެ.
ފީފާ ވޯލްޑް ކަޕް 2022 ގައި އުރުގުއޭއަށް މުބާރާތް ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖާއި ހަމައިންނެވެ. އެ ގައުމު ހިމެނުނީ، ޕޯޗުގަލް، ސައުތު ކޮރެއާ އަދި ގާނާއާ އެއް ގުރޫޕެއްގައެވެ. މި ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް އަދި ދެވަނައިގެ ގޮތުގައި ސައުތު ކޮރެއާ ދެވަނަ ބުރަށް ދަތުރުކުރިއިރު، އުރުގުއޭއަށް މުބާރާތް ނިމުނީ ތިންވަނައިގެ ގޮތުގައެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖާއި ހަމައިން އުރުގުއާއި ވަކިވާން ޖެހުނުއިރު، އެންމެފަހުން އެޓީމަށް ގްރޫޕް ސްޓޭޖާއި ހަމައިން ވޯލްޑް ކަޕުގައި ވަކިވާން ޖެހުނީ 2002 ވަނަ އަހަރުއެވެ.
މިފަހަރުގެ ވޯލްޑް ކަޕުން އުރުގުއޭ ކެޓިތާ 48 ގަޑިއިރު ފަހުން ސުއަރޭޒް ރާއްޖެ އައިއިރު، އޭނާ މީގެކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެއަކީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާ އެހެނިހެން ދާއިރާތަކުގެ މަޝްހޫރު ފަރާތްތަކުންވެސް ޗުއްޓީ ހޭދަކުރުމަށް ވަރަށް ގިނައިން އަންނަ ގައުމެކެވެ.