މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭންސް އެގްޒެކްޓިވްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޢަލީ ރިޓަޔާ ކުރައްވައިފިއެވެ.
އެ މިނިސްޓްރީއަށް 42 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވިއިރު އޭނާ ހުންނެވީ މިނިސްޓްރީގެ ބަޖެޓާއި ޚާއްސަ ބަޖެޓާއި ޕެންޝަން ބަޖެޓް ބެލެހެއްޓުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައެވެ.
ޢަބްދުﷲ ރިޓަޔާ ކުރެއްވުމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ ރިޓަޔާ ކުރެއްވީ މިނިސްޓްރީގެ އެންމެންނަށް ވެސް ވަރަށް ގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދީފައި ކަމަށެވެ.
"މާލިއްޔަތު ގަވާއިދު އެކުލަވާލުމާއި, ދައުލަތުގެ ފައިސާއާއި ބަޖެޓާއި ބެހޭ ކަންތައްތައް ޢަބްދުالله ޢަލީ ކޮށްފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު،" އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަބްދުﷲގެ ފާއިތުވި އަހަރުތަކުގައި އޭނާ މިނިސްޓްރީގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
ޢަބްދުﷲ ރިޓަޔާ ކުރެއްވިއިރު، ހުރިހާ މުވައްޒަފުން ވެސް އޭނާގެ ޚިދުމަތް ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.