ގެއްލުނު ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދި އާލިމް -- ފޮޓޯ/ ފުލުހުން

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު ޒުވާނާ މިރޭ ފެނިއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަން އިއުލާނު ކުރީ 31 އަހަރުގެ، ހދ. ނޮޅިވަރަންފަރު، ނޫރަންވިލާ ހުސައިން އާލިމްއެވެ.

ފުލުހުން ބުނީ މިރޭ 09:35ހާއިރު އޭނާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަނުކުރެއެވެ.

މީގެ ކުރިން ފުލުހުން ބުނީ އޭނާ ގެއްލިފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އެ ދުވަހު އޭނާ މާލެ އައިކަން އެނގޭކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

އޭނާ ގެއްލިފައިވާކަން އާއިލާއިން ރިޕޯޓުކުރީ މިއަދު މެންދުރު 2:45ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް