ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މާނޭއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނޭ ކަމަށް ކުޅިވަރު ރިޕޯޓުތައް ބުނެފައިވަނިކޮށް ވޯލްޑްކަޕަށް ނެގި ސެނެގާލް ސްކޮޑުން އޭނާއަށް ޖާގަ ދީފިއެވެ.
މިއަދު އާންމުކުރި ސެނެގާލްގެ ސްކޮޑްގައި މާނޭއާއެކު 27 ކުޅުންތެރިން ހިމެނެެއެވެ. އޭނާގެ އަނިޔާއާ ބެހޭގޮތުން މީޑިއާއާ ވާހަކަދައްކަމުން ސެނެގާލްގެ ކޯޗު އަލިއޫ ކިސޭ ބުނީ މާނޭގެ އަނިޔާ ވަރަށް ގާތުން ބަލާކަމަށެވެ. އަދި ސެނެގާލްގެ ޑޮކްޓަރެއް ވެސް މާނޭ ކައިރިއަށް ފޮނުވައިފައިވާނެކަމަށް އޭނާ ބުންޏެވެ.
މާނޭއަށް އަނިޔާވެފައި ވަނީ އޭނާ ކުޅޭ ކްލަބް ބަޔާން މިޔުނިކް އިން ބްރެމެންއާ ދެކޮޅަށް ކުޅެ، 6-1ގެ ނަތީޖާއަކުން މޮޅުވި މެޗުގައެވެ. އެ މެޗުގެ 20 ވަނަ މިނެޓުގައި ކަކުލަށް އަނިޔާވުމުގެ ސަބަބުން މާނޭ ވަނީ ބަދަލުކޮށްފައެވެ.
ވޯލްޑް ކަޕް ގްރޫޕް އޭގައި މާނޭގެ ގައުމު ސެނެގާލް އޮތް އިރު، އެގްރޫޕްގެ ފޭވަރިޓުންނަކީވެސް ސެނެގާލްއެެވެ. އެ ގައުމާއެކު އެ ގްރޫޕްގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި، އެކުއެޑޯ އަދި ނެދަލެންޑްސްއެވެ.
އެންމެ ފަހުން ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންްސް ސެނެގާލްއިން ކާމިޔާބުކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް މާނޭއެވެ.
މިއަހަރުގެ ވޯލްޑްކަޕަށް ނެގި ސެނެގާލްގެ ސްކޮޑް
ކީޕަރުން
- އެޑުއާޑް މެންޑީ
- އަލްފްރެޑް ގޮމިސް
- ސެނީ ޑިއެންގް
ޑިފެންޑަރުން
- ކަލިދޫ ކޫލިބަލީ
- އަބްދޯ ޑިއަލޯ
- ޔުސުފް ސަބަލީ
- ފޯޑް ބައްލޯ ޓޯރޭ
- ޕެޕޭ އަބްދޯ ގެއި
- އިސްމާއިލް ޖެކޮބްސް
- ފޯމޯސް މެންޑީ
މިޑްފީލްޑަރުން
- ގަނާ ގެއި
- ޗެއިހޯ ކޮޔާޓޭ
- ޕަތޭ ކިސް
- މޮސްތޮފާ ނޭމް
- ލޮއުމް ޑިއަޔޭ
- ޕެޕޭ ސަރް
ފޯވާޑުން
- ސާޑިއޯ މާނޭ
- އިސްމާއިލާ ސަރް
- ބައުލެޔާ ޑިއާ
- ބަންބާ ޑިއެންގް
- ފަމަރާ ޑެއިދޫ
- ނިކޮލަސް ޖެކްސަަން
- އިލިމަން ޑިއާއޭ