ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެއާއި އައްޑޫގައި ޓެރަރިޒަމްއާ ގުޅޭ އޮޕަރޭޝަނެއް ހިންގަނީ

އާއްމުކޮށް މިގޮތަށް ސިފައިން އޮޕަރޭޝަންތައް ހިންގަނީ ގޮވާޒާތުގެ އެއްޗެއް ފެނިގެން ނުވަތަ ޓެރަރިޒަމާ ގުޅުންހުރި އޮޕަރޭޝަންތަކުގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާ ގުޅިގެން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނާ ބެހޭ އިތުރު މައުލޫމާތު ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް މިވަގުތަށް ދީފައިނުވެއެވެ.

ޓެރަރިޒަމާ ގުޅުންހުރި އޮޕަރޭޝަންތައް ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ހިންގާއިރު މިއަހަރުގެ މާޗް މަހު، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫއިން ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ އިތުރުން މިއަހަރުގެ ޖުލައި މަހު މާލޭގެ ދެ ސަރަހައްދެއް ބަންދުކޮށް، ފުލުހުންނާއި ސިފައިން ހަތިޔާރާއެކު ފޯރިމަރާފައިވެއެވެ. ނަމަވެސް އެކަމާ ބެހޭ މައުލޫމާތެއް ސިފައިންނާއި ފުލުހުން ވެސް ހާމައެއް ނުކުރެއެވެ.

ސިފައިން މިގޮތަށް އޮޕަރޭޝަންތައް ހިންގާ ސަބަބުތަކުގެ ތެރޭގައި ގޮވާޒާތުގެ އެއްޗެއް އޮތް ކަމުގެ ތުހުމަތު ކުރެވުން ނުވަތަ އިންޒާރެއް ލިބުން ހިމެނެއެވެ.

comment ކޮމެންޓް