އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ވަކިކޮށް، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދުއާ ވަގުތީގޮތުން އަރަބިއްޔާ ހިންގުން މިއަދު ހަވާލުކޮށްފިއެވެ.
"އަރަބިއްޔާ ފެމިލީ" ކިޔާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އޭނާ މަގާމުން ވަކިކުރީ އެ ސްކޫލުގެ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވަން މަސައްކަތް ނުކުރާކަމަށް ބުނެ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ "ސަން" އަށް ވިދާޅުވީ، މި ބަދަލަކީ އަރަބިއްޔާ ސްކޫލުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓްރީން ގެނައި މުހިންމު ބަދަލެއް ކަމަށެވެ.
"ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް އަތޮޅުތެރޭގައި ވެސް އަދި މަލޭގައި ވެސް މިކަހަލަ ބަދަލުތައް ގެނައުމަކީ މިނިސްޓްރީން އަބަދު ވެސް ހަމަ ކުރައްވާކަމެއް އެ އިރެއްގެ ހާލަތަ ކަންކަމަށް ބެލުމަށްފަހު،" އޭނާ ވިދާޅުވިއެވެ.
އަހުމަދު އަލީ ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން "ސޭވް އަރަބިއްޔާ"ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށްގެންދާކަން މިނިސްޓްރީއަށް އެނގިފައި ނުވާކަމަށެވެ.
"ސްކޫލެއްގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ބަދަލުތައް ގެންނަ އިރު، އެކަހަލަ ކަންކަމަކަށް ނުއެއް ބަލާނެ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް މިވަގުތު މަސައްކަތް ކުރައްވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮން ޑިޕާޓްމަންޓެއްގައިކަން ހާމަކޮށްފައެއް ނުވެއެވެ.
ހުސައިން ސައީދު އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ހަވަލުވެ ވަޑައިގެންތާ 12 އަހަރު ވެއްޖެއެވެ.
އޭނާ އަރަބިއްޔާ ވަގުތީ ގޮތުން ހަވާލު ކުރީ އިސްކަންދަރު ސްކޫލުން ވަކިކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭންގެއެވެ.
އަރަބިއްޔާ ސްކޫލު ދަރިވަރުންގެ ކިޔެވުން އެއް ދަންފަޅިއަކަށް ހެދުމަށާއި އެ ސްކޫލަށް އިމާރާތެއް ހޯދަން ކުރާ މަސައްކަތާ ގުޅިގެން ވެސް އެ ސްކޫލުގެ ބެލެނިވެރިން ވަނީ މީގެ ކުރިން ނުރުހުން ފާޅުކޮށްފައެވެ.
comment ޔަތްރިބީ
2 year 5 month ago
ސޭވް އަރަބިއްޔާ ގައި އުޅެނީ ނުކިޔަވައި މަގުމަތީގައި އުޅޭ ތުބުޅި ދިގު މީހުން. ތިޔަ ކަންވެސް ހަމަޔަކަށް އެޅޭނީ ޝޭޚުންނާއި އިސްތާޛުން މިކަމާ އުޅެގެން. އަރަބިއްޔާގެ ކަންކަމުގައި އުޅޭނެ ޝޭޚަކު ނެތީތޯ؟
comment ކޯމާ
2 year 5 month ago
މިނިސްޓްރީ އޮތީ ކޯމާއެއްގަ ތޯ. ބަޔަކު ކުރާކަމެއް ނޭގެނީ
comment އިސްމަތު ޢަބްދުލްމަޖީދު
2 year 5 month ago
ހުސައިން ސައީދަކީ އަތޮޅުވެރިކަމާއި އެނޫންވެސް ޒިންމާދާރު މަޤާމުއަދާކޮށް ޖާމިއުލް އަޒްހަރުގެ ފަޚުރުވެރި ގްރެޖުއޭޓެއް. ރައީސް މައުމޫނުގެ އެހީތެރިކަމުގައި މިސްރަށް ކިޔަވަން ވަޑައިގެންނެވި ގައުމީ ބަޠަލެއް. އަރަބި އިސްލާމީ ތައުލީމުގެ އިތުރުން އިނގިރޭސި ބަސްވެސް ފުރިހަމައަށް ދަސްކޮށްފައިވާ ފަޤީހެއް