ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެ އިދިކޮޅުން މަގުތަކަށް ނިކުމެއްޖެ

ނަސްރުގެ ދުވަސް ފާހަގަ ނުކުރާތީ އިދިކޮޅުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް

ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލޭ މަސްމާރުކޭޓް ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރި އެއްވުމެއް ބާއްވައިފިއެވެ.

މި އެއްވުމުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުން ބައިވެރިވެފައިވާއިރު، އެއްވުމުގައި ބައިވެރިވި މީހުން ވަނީ ނޮވެމްބަރު ތިނެއް އުދުވާނުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އަޑު އުފުލާފައެވެ. މިގޮތުން އެއްވުމުގެ ބައިވެރިން ވަނީ ނޮވެމްބަރު ތިނެއް އުދުވާނުގެ އިސް މޭސްތިރިންގެ މޫނު ރަމްޒުކޮށްދޭ މާސްކާއި އޭކޭ ނަމޫނާ ބަޑި އަދި ޕޯސްޓަރުތައް ބޭނުންކޮށްގެން ޝުއޫރު ފާޅުކޮށްފައެވެ.

ނަސްރުގެ ދުވަސް ފާހަގަ ނުކުރާތީ އިދިކޮޅުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް

މީގެ އިތުރުން މި އެއްވުމުގައި ބައިވެރިވި މީހުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެ ފާޑުކިޔާފައެވެ.

އެ އެއްވުމުގެ ބައިވެރިން ރައީސް އޮފީސް ދޮށަށް ދިއުމަށް މަސައްކަތް ކޮށްފަނެތީ، ފުލުހުން ވަނީ ރައީސް އޮފީހަށް ދެވެން އޮންނަ މަގުތަކުގައި ބެރިކޭޑް ޖަހާފައެވެ.

ނަސްރުގެ ދުވަސް ފާހަގަ ނުކުރާތީ އިދިކޮޅުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން--- ފޮޓޯ/ޕީޕީއެމް

މަސްމާރުކޭޓު ދޮށުގައި ފެށި މި އެއްވުން ނިންމާލާފައިވަނީ މާލޭގެ ބައެއް މަގުތަކުގައި އެއްވުމުގެ ބައިވެރިން ޝުއޫރުތައް ފާޅުކުރުމަށްފަހު ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

comment ކޮމެންޓް