މަންޓާއިން ހއ. ހޯރަފުއްޓަށް ހާއްސަ ދަތުރުތަކެއް ފަށަނީ

މަންތާ އެއާގެ އެއާކްރާފްޓެއް --- ފޮޓޯ/ މަންތާ އެއާ

އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާއިން ހއ. ހޯރަފުއްޓަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މަންޓާ އެއާލައިނުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޯރަފުއްޓަށް ހާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައިވަނީ، އަންނަ އަންގާރަ ދުވަހުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ދުވަސްތަކުގައި ދުވާލަކު ދެ ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮމޯޝަނެއްގެ ދަށުން ކުރިއަށްގެންދާ މި ދަތުރުތަކުގެ އަގެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮޅަކަށް 1300 ރުފިޔާއެވެ.

މަންޓާއިން ބުނީ މި ދަތުރުތަކަށް މަންޓާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ބުކިން ހައްދައި ޓިކެޓް ނެގޭނޭކަމަށެވެ.

މަންޓާ އެއާލައިނުން ހއ. ހޯރަފުއްޓަށް އުދުހުންތައް ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މަންޓާއިން ދަނީ ހޯރަފުށީގެ އިތުރުން ބ. ދަރަވަންދޫ، ދ. ކުޑަހުވަދޫ އަދި އައްޑޫ ސިޓީގެ ގަމަށްވެސް އުދުހުންތައް ބާއްވަމުންނެވެ.

comment ކޮމެންޓް