ވީޑިއޯކްލަބުން ތުރުކީ ސީރީސް ބަލައިލައިގެން ތުރުކީއަށް ދިއުމުގެ ފުރުސަތު

ސަބްސްކައިބަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުގަދަ ފަރާތަކަށް އިތުރު ބައިވެރިއަކާއެކު ތުރުކީ އަށް ދިޔުމުގެ ފުރުސަތު--- ފޮޓޯ/ މީޑިއާނެޓް

ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ލިބިފައިވާ ތުރުކީގެ މަޝްހޫރު ސީރީސްތައް މީޑިއާނެޓްގެ ވީޑިއޯކްލަބުން ބަލައިލައިގެން ތުރުކީއަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މީޑިއާނެޓްއިން މިއަދު ކަސްޓަމަރުންނަށް ހުޅުވާލި އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 24 ދުވަހުގެ ނިޔަލަށެވެ. އިތުރު ބައިވެރިޔަކާއެކު ތުރުކީއަށް ދިއުމުގެ ފުރުސަތު ހޯދުމަށް މީޑިއާނެޓްގެ ވީޑިއޯކްލަބްއަށް ސަބްސްކްރައިބް ކުރަންޖެހެއެވެ.

ސަބްސްްކްރައިބަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުގަދަ ފަރާތަކަށް އިތުރު ބައިވެރިއަކާއެކު ތުރުކީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ. މީޑިއާނެޓްގެ ވީޑިއޯކްލަބް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ތުރުކީގެ މަޝްހޫރު ސީރީސްތަކެއް އިތުުރު ކުރެވިފައިވާއިރު މިހާރު ވީޑިއޯކްލަބްއިން ލޯބީގެ ތްރިލާ "ބްރޭވް އެންޑް ބިއުޓިފުލް" އަދި "އެންޑްލެސް ލަވް"ގެ އެޕިސޯޑްތައް ބަލާލެވޭނެއެވެ.

ކުރިއަށް އޮތް ހަފްތާތަކުގަ "އިންސައިޑާ"، "ކަރަދޭއި"، "ކުރްތް ސެޔިތް ޝުރާ"، "ސްޓިލެޓޯ ވެންޑެޓާ"، "ފައިވް ބްރަދާސް" އަދި "ވިންގްސް އޮފް ލަވް" ގެ އެޕިސޯޑްތައް ވެސް ފެންނާނެ ކަމަށް މީޑިއާނެޓުން ފާހަގަކުރެއެވެ. އެކި ޖޯންރާ ތަކުގެ އެ ސީރީސްތަކަކީ ބެލުންތެރިން ބޭނުންވާނެ، އަދި ބަލާލާ ހިތްވާނެ ކަހަލަ ކޮންޓެންޓްތަކެއް ކަމަށް ވެސް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓްގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލްއިން ވީޑިއޯކްލަބް ބޭނުންކޮށްލުމަށް އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ކުއިކްޕޭ މެދުވެރިކޮށް ވީޑިއޯކްލަބްއަށް ސަބްސްކްރައިބް ކޮށްލެވޭނެއެވެ.

ވީޑިއޯކްލަބްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ބެލުންތެރިންނަށް ކަމުދާ ކޮންޓެންޓް އިތުރުކުރުމަށް ކަން މީޑިއާނެޓުން ފާހަގަކުރެއެވެ. އެގޮތުން ތުރުކީ ކޮންޓެންޓްތަކުން ވީޑިއޯކްލަބް އިތުރަށް ފުރިހަމަވާނެ ކަމަށާއި އޭގެ އިތުރުން ވީޑިއޯކްލަބްގައި ދިވެހި އޮރިޖިނަލްސް، ޕާކިސްތާނީ، ހިންދީ، އިނގިރޭސި އަދި ކުޑަކުދިންނާ ގުޅޭ ސީރީސް އާއި ފިލްމްތައް ވެސް ހިމެނޭނެ ކަމަށް މީޑިއާ ނެޓުން ބުނެއެވެ.

comment ކޮމެންޓް