ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 16ޖީބީ ލިބޭ އާ އޮފާއެއް ތައާރަފުކޮށްފި

ދިރާގުން ވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް 16ޖީބީ ލިބޭ އާ އޮފާއެއް ތައާރަފުކޮށްފަ --

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ އާ އެޑް-އޮންއެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ހުޅުވާލި އެ އޮފާގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 16 ޖީބީ 275 ރުފިޔާއަށް ލިބޭނެއެވެ.

އެއް މަހަށް ބޭނުންކުރެވޭ މި އެޑް-އޮން ދިރާގު އެޕުން ނުވަތަ 343އަށް ކީވޯޑް '16ޖީބީ' ޖަހާފައި އެސްއެމްއެސް ކުރުމުން ވެސް ނެގޭނެއެވެ. ދިރާގުގެ ހުރިހާ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް އެ އެޑް-އޮން ނެގޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތައް ފަރުމާކޮށްފައިވެއެވެ. އޭގެ ތެރެއިން ދިރާގު ކޮމްބޯ ޕްލޭންސްއަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންސްއަކީ ކޮންމެ ދުވަހަކު ރިފްރެޝް ކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެ ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

މީގެ އިތުރުން 'މަމެން'ގެ ނަމުގައި ޒުވާނުންނަށް ހާއްސަކޮށްގެން ޕްލޭނެއް ފަރުމާކޮށްފައިވެއެވެ. އެ ޕްލޭނަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުން ގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭނެކެވެ. އަދި މަމެން ކަސްޓަމަރުންނަށް އެހެން ޔޫޒަރުންނަށް ކްރެޑިޓް ޓްރާންސްފާ ކުރެވޭނެއެވެ.

comment ކޮމެންޓް