ދެ ޝައިޚުންގެ މައްޗަށް ކުރާ ޓެރެރިޒަމް ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަނީ

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު

ޝައިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ކުރާ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރި ވަގުތު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެ ދެމީހުންގެ މައްޗަށް ދައުލަތުން ވަނީ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ.

މާދަމާ އޮތީ ދެ ޝައިޚުންގެ ވެސް އިބްތިދާއީ އަޑުއެހުމެވެ. ދެ މީހުންގެ އަޑުއެހުން ވެސް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00އަށެވެ.

https://sun.mv/168815

މިއަދު ވަނީ ޝައިޚު ފަޒްލޫނާއި ނިޝާނަށް ވެސް މާދާމާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިފައެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ދެ ޝައިޚުން ހިމެނޭހެން ޖުމުލަ 18މީހުންގެ މައްޗަށް ދައުލަތުން ވަނީ އެކި އެކި ދައުވާކޮށްފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ޖުމުލަ 18 މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައިވާއިރު އެދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް