މާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ހެންވޭރު ބުރެވި މަގުގައި ހުރި މިރާޒް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

މާލޭގެ ހެންވޭރު ބުރެވި މަގުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ފުރަތަމަ ބުނީ އެ ހާދިސާ ހިނގީ ހ. މިރާޒުގައި ކަމަށެވެ. ނަމަވެސް ފަހުން ސިފައިން ވަނީ އެ ހާދިސާ ހިނގީ ހ. އަންދަރަސްހަވާގައި ކަމަށް ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 14:45ހާ އިރު ކަމަށެވެ. އެއާއެކު ސިފައިން އެ ސަރަހައްދަށް ގޮސް، 15 މިނިޓު ތެރޭގައި އަލިފާން ނިއްވާލި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ އެ އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއް ކަމަށެވެ.

އެ ހާދިސާގައި އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ސިފައިން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފްއިން ހާމަނުކުރެއެވެ.

comment ކޮމެންޓް