ވިސާ ކާޑުގެ ސެކިއުރިޓީ ވަރުގަދަ ކުރާތީ އޮންލައިންކޮށް ވިޔަފާރި ކުރަން ދަތިވެދާނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް

ވިސާ ކާޑުގެ ސެކިއުރިޓީ ވަރުގަދަ ކުރާތީ އޮންލައިންކޮށް ވިޔަފާރި ކުރަން ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކްގެ ޕޭމަންޓް ގޭޓްވޭގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތުގެ ސަބަބުން އޮންލައިންކޮށް ބީއެމްއެލް ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑް ބޭނުން ކުރާ ކަސްޓަމަރުންނަށް ވަގުތީ ގޮތުން ދަތިތަކެއް ކުރިމަތިވެދާނެކަމަށެވެ.

ނަމަވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުގައި ހުންނަ އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ވިސާ ކާޑް ބޭނުން ކުރެވޭނެކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އަޕްގްރޭޑިންގެ މަސައްކަތް ނިމި، މައްސަލަ ހައްލު ކުރެވުމުން ކަސްޓަމަރުންނަށް އަންގާނެކަމަށެވެ.

"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދެން. އަދި ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" ބީއެމްއެލްއިން ނެރުނު ބަޔާނުގައިވެއެވެ.

comment ކޮމެންޓް