ސްޕެއިންގެ ސެވިއްޔާގެ ކޯޗަކަށް ސަމްޕައޮލީ ހަމަޖައްސައިފި

ސެވިއްޔާގެ ކޯޗުކަމަށް އަލަށް ހަވާލުވި ސަމްޕައޮލީ --- ފޮޓޯ/ ސެވިއްޔާ

ސްޕެއިންގެ ސެވިއްޔާގެ ކޯޗަކަށް އާޖެންޓީނާގެ ޖޯޖް ސަމްޕައޮލީ ހަމަޖައްސައިފިއެވެ.

ސެވިއްޔާގެ ކޯޗަކަށް ސަމްޕައޮލީ ހަމަޖައްސާފައި މިވަނީ މިރޭގެ ވަގުތެއްގައެވެ. މިކަން ސެވިއްޔާއިން މިހާރުވަނީ އާއްމުކޮށް ފައެވެ.

ސެވިއްޔާގެ ކޯޗަކަށް ސަމްޕައޮލީ ހަމަޖައްސާފައި މިވަނީ ކުރިން އެޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރި ސްޕެއިންގެ ލޮޕެޓެގީ މަގާމުން ވަކިކުރުމުންނެވެ. ސެވިއްޔާގެ ކޯޗުކަމުން ލޮޕެޓެގީ ވަކިކޮށްފައިވަނީ މި ސީޒަނުގައި އެޓީމުގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުންނެވެ.

މި ސީޒަނުގައި ލަލީގާ ކުޅުނު މެޗްތަކުން ސެވިއްޔާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ޗެމްޕިއަންސްލީގުގައި ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު މެޗުތަކުންވެސް އެޓީމުގެ ނަތީޖާތައް ދަށެވެ.

ސެވިއްޔާގެ ކޯޗުކަމުގެ މަގާމަށް ސަމްޕައޮލީ ހަމަޖައްސާފައިވާއިރު، މިއީ އޭނާ ސެވިއްޔާގެ ކޯޗުކަމާ ހަވާލުވާ ދެވަނަ ފަހަރެވެ. މީގެކުރިން ސަމްޕައޮލީ ސެވިއްޔާއަށް އިރުޝާދު ދީފައިވަނީ 2015 ވަނަ އަހަރެވެ.

ސަމްޕައޮލީގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިމެޗުގައި ސެވިއްޔާ ނިކުންނާނީ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

ސެވިއްޔާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ސަމްޕައޮލީ އިރުޝާދު ދީފައިވަނީ ފްރާންސްގެ މާސޭއަށެވެ. ސަމްޕައޮލީ ވަނީ މީގެކުރިން އެތްލެޓިކޯ މިނެއިރޯ، ސަންޓޮސް އަދި އާޖެންޓީނާގެ ގައުމީ ޓީމަށްވެސް 2018 ވަނަ އަހަރުގެ ސީޒަނުގައި ކޯޗުކަން ކޮށްދީފައެވެ.

comment ކޮމެންޓް