ވެލިދޫގައި ވަޅިހެރުމުން ޒަޚަމްވި ޒުވާނަކު ޕެރަލައިޒް ވެއްޖެ

ނ. ވެލިދޫ --- ފޮޓޯ/ އޯކާ މީޑިއާ

ނ. ވެލިދޫ ވަޅިން ހަމަލާދިނުމުން ޒަޚަމްވި ޒުވާނަކު ޕެރަލައިޒްވެ، އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ވެލިދޫން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ ރޭ ހިނގި އެ ހާދިސާގައި ވަޅި ހެރީ އެ ޒުވާނާގެ ބުރަކައްޓަށްކަމަށެވެ.

"އޭނާގެ އެއްފައި ވަނީ ޕެރަލައިޒްވެފައި،" ވެލިދޫން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ވެލިދޫގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު ރޭ 12:30 ހާއިރު ފުލުހުންނަސް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި 19 އަހަރުގެ ޒުވާނަކަށް އަނިޔާވެގެން ވެލިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް