ވާވޭ ނޯވާ 10 އެސްއީ އަކީ ދެކުނު އެފްރިކާގައި ރަސްމީކޮށް ނެރުނު އެންމެ ފަހުގެ ނޯވާ 10 ސީރީޒްގެ ފޯނެވެ. "އެސްއީ" މޮޑެލަކީ ނޮވާ 10 އާއިލާގެ ތިންވަނަ މެމްބަރަށްވާއިރު، އެ ލައިންއަޕްގައި އިތުރު ދެ ޑިވައިސްއެއް ހިމެނެއެވެ. އެއީ ނޮވާ 10 އާއި ނޮވާ 10 ޕްރޯއެވެ.
ވާވޭގެ އުފެއްދުންތަކަށް ކެތްމަދުވެފައި ތިބި ގިނަބަޔަކަށް ޓަކައި ވެނީލާ އާއި ޕްރޯ މޮޑެލްތައްވެސް ވަނީ މި މަހުގެ ކުރީކޮޅު ދައްކާލާފައެވެ. އެހެންކަމުން މިހާރުމިވަނީ ނޮވާ 10 އެސްއީގެ ސްޕެސިފިކޭޝަންތަކާއި، ފީޗާސްތަކާ ބެހޭ ހުރިހާ މައުލޫމާތެއް އެކުންފުނީގެ ފޭނުންނަށް ހާމަވެފައެވެ.
ވާވޭ ނޮވާ 10 އެސްއީގެ ސްޕެސިފިކޭޝަންތަކާއި ފީޗާސްތައް
ވާވޭ ނޯވާ 10 އެސްއީގައި 6.67 އިންޗީގެ އޯއެލްއީޑީ ޑިސްޕްލޭއެއް ހިމެނޭއިރު، މި ޑިސްޕްލޭގައި ފުލް އެޗްޑީ+ ރިޒޮލިއުޝަން އަށް ސަޕޯޓް ލިބެއެވެ. އެއީ 20:9 އެސްޕެކްޓް ރޭޝިއޯ އާއި 90 ހޯސްޕަވަރުގެ ރިފްރެޝް ރޭޓެއް ލިބޭ ފްލެޓް ސްކްރީނެކެވެ.
އެ ފޯނުގެ ފްރަންޓް ނުވަތަ ކުރިމަތީގައި ސެލްފީ ނެގުމަށް 16 މެގަޕިކްސެލްގެ ކެމެރާއެއް ހުންނާނެއެވެ. މި ޑިވައިސްގެ ފަހަތު ޕެނަލްގައި 108 މެގަޕިކްސެލްގެ މައި ކެމެރާއަކާއި 8 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ލެންސެއްގެ އިތުރުން ދެ މެގަޕިކްސެލްގެ މެކްރޯ ކެމެރާއެއް ވެސް ހިމެނެއެވެ. މި ޑިވައިސް ރަން ކުރަނީ އެންޑްރޮއިޑް 12 އޯއެސް އަދި މެޖިކް ޔޫއައި އިންނެވެ. އެކަމަކު މި ޑިވައިސްގައި ގޫގުލް އެޕްތަކާއި ޚިދުމަތްތަކަށް އެއްވެސް ސަޕޯޓެއް ދީފައެއް ނެތެވެ. އޭގެ މާނައަކީ އެފަދަ އެޕްތައް ސަޕޯޓް ނުކުރާނެވާހަކައެވެ.
ނޮވާ 10 އެސްއީ އަށް ކަރަންޓް ދޭ ޗިޕްސެޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މިއީ 5ޖީ ކަނެކްޓިވިޓީއަށް ސަޕޯޓްކުރާ ފޯނެއްކަން ކަށަވަރުކޮށްދެވޭ ގޮތެއް ނުވިއެވެ. މި ޑިވައިސްގައި 8 ޖީބީގެ ރެމް އާއި 256 ޖީބީގެ ސްޓޯރޭޖް ލިބެއެވެ. އެއީ 4،500އެމްއޭއެޗްގެ ބެޓެރީއަކާއެކު ޕެކްކޮށްފައިވާ ފޯނެއް ކަމަށާއި، މިއީ 66 ވޮޓްގެ ފަސްޓް ޗާޖިން އަށް ސަޕޯޓް ކުރާ ފޯނެއްކަމަށްވެސް ސްޕެސިފިކޭޝަންތަކުގައި ބުނެފައިވެއެވެ.
ނޮވާ 10 އެސްއީގައި އާންމުކޮށް ކަނެކްޓިވިޓީގެ ފީޗާސްތައް ކަމަށްވާ ޑުއަލް ސިމް، ވައިފައި، ބްލޫޓޫތު، ޖީޕީއެސް، އަދި ޔޫއެސްބީ-ސީ ޕޯޓް ހިމަނާފައިވެއެވެ. މި ފޯނުގެ ބޯމިނަކީ 7.39 މިލިމީޓަރު ކަމަށްވާއިރު ބަރުދަނުގައި ގާތްގަނޑަކަށް 184 ގްރާމް ހުންނަ ކަމަށްވެއެވެ.