އޭންޖަލްއަށް މުސާރަ ނުދޭތީ ފީފާއިން ގްރީންއަށް ފިޔަވަޅު އަޅައިފި

އޭންޖަލް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ--- ފޮޓޯ/ އެފްއޭއެމް

ކުލަބް ގްރީން ސްޓްރީޓްސްއަށް ނިމިދިޔަ ސީޒަނުގައި ކުޅުނު ސްޕެއިންގެ ފޯވާޑް އޭންޖަލް މުނޯޒްއަށް ދޭންޖެހޭ މުސާރާ ދީފައި ނުވާތީ ގްރީން ސްޓްރީޓްސްއަށް ފީފާއިން ފިޔަވަޅު އަޅައިފިއެވެ.

އޭންޖަލްއަށް މުސާރަ ދީފައި ނުވާތީ ފީފާއިން ނިންމާފައި ވަނީ ކުރިއަށް އޮތް ޓްރާންސްފާ ތިން ޕީރިއަޑްގެ ތެރޭގައި އެ ކުލަބަށް އާ އެއްވެސް ކުޅުންތެރިއަކު ސޮއި ނުކުރެވޭނެކަމަށެވެ.

ފީފާއިން އެގޮތަށް ނިންމަންޖެހުނީ ޖުލައި މަހު އޭންޖަލްއަށް މުސާރަ ދިނުމަށް ފީފާއިން އެންގުމުން ވެސް ގްރީންއިން އެގޮތަށް އަމަލުކޮށްފައި ނުވާތީއެވެ.

އޭންޖަލްއަށް މުސާރަ ދިނުމަށް ފީފާއިންް ގްރީންއަށް ދިނީ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 45 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާއަށް މުސާރާ ދީފައި ނުވާތީ ފީފާގެ ފުޓުބޯޅަ ޓްރަބިއުނަލްއިން ނިންމީ ގްރީންއަށް ފިޔަވަޅު އެޅުމަށެވެ.

އެނގިފައިވާ ގޮތުގައި އޭންޖަލްއަށް ގްރީންއިން 20،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް މުސާރައިގެ ގޮތުގައި ދޭންޖެހެއެވެ.

މިހާރު ހޮންޑިއުރަސް ލީގުގައި ކުޅެމުން އަންނަ އޭންޖަލްއަކީ ގްރީންއަށް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އޭންޖަލް ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފައެވެ. އެގޮތުން 2014 ވަނަ އަހަރު ކުލަބް އީގަލްސް ޓީމުން ރާއްޖެއަށް ތައާރަފްވި އޭންޖަލް ވަނީ ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި އއ. މާޅޮސް ފުޓްބޯޅަ ޓިމުގެ އިތުރުން ގްރީން ސްޓްރީޓްސްއަށް ކުޅެފައެވެ.

comment ކޮމެންޓް