ފްރާންސްގެ "ސްޕައިޑާމޭން"، އުމުރުން 60 އަހަރު ފުރުން ފާހަގަކުރީ 48 ބުރީގެ އިމާރާތަކަށް އަރައިގެން

ފަރަންސޭސި ވިލާތުގެ ފްރީ ކްލައިމްބާ އެލައިން ރޮބާޓްގެ 60 ވަނަ އުފަންދުވަސް ފާހަގަކުރީ އޭނާ އެންމެ ކުރާހިތްވާ ކަންތައް ކަމުގައިވާ ހުސްއަތާ އިމާރާތްތަކަށް އެރުމުގެ އާދަޔާޚިލާފު ހުނަރު ދައްކާލުމަކުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕެރިސްގެ 48 ބުރީގެ އުސް އިމާރާތެއްގެ ބޭރުގައި ސްޕައިޑާމޭން އަރާގޮތަށް ވަކި ހިއްޕަމުން އެލެއިން އަރަމުން ދިޔަތަން ބެލުމަށް ނޫސްވެރިންނާއި ކުޅިބަލާމީހުން އެއްވެ ތިއްބެވެ.

ހަ ސަތޭކަ ތޭރަ ފޫޓުގެ އުސް އިމާރާތުގެ ކުރިއަށް އެރުމާއެކު އެލެއިން ތިރީގައި ތިބި މީހުންނަށް އިޝާރާތްކޮށް އުފާ ފާޅުކުރިއެވެ. ސްޕައިޑާމޭން އެލެއިން ބުނިގޮތުގައި 60 އަހަރު ފުރުމާއެކު އެ ޓަވަރަށް އެރުމަކީ އޭނާ އަބަދުވެސް ވިސްނަމުން އައި ކަމެކެވެ. އުމުރުން ދުވަސްވުމަކީ ހަރަކާތްތެރިވެ އުޅުމަށް އޮތް ހުރަހެއް ނޫންކަމަށް އެލެއިން ބުންޏެވެ. އަދި ފްރާންސްގައި މީހުން ރިޓަޔާ ވާ އުމުރަކީ 60 ކަމަށް ވެފައި މިއީ އޭނާ އެންމެ ހަރަކާތްތެރިވާނެ އުމުރުކަމުގައި ވެސް އެލެއިން ބުނެފައި ވެއެވެ.

އެލެއިން ރޮބާޓް: ފްރާންސްގެ ސްޕައިޑާމޭން

ނަވާރަ ސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރުން ފެށިގެން އެލެއިން އަންނަނީ ހުސްއަތާ ފަރުބަދަތަކަށް އަރަމުންނެވެ. އަދި ދުނިޔޭގެ މަޝްހޫރު އުސް އިމާރާތްތަކަށް ވެސް ހުސްއަތާ އަރާފައިވެއެވެ. މިގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތްކަމުގައިވާ ދުބާއީގެ ބުރްޖް ޚަލީފާ އާއި ފްރާންސްގެ އައިފަލް ޓަވަރާއި ސެންފްރެންސިސްކޯގެ ގޯލްޑަން ގޭޓް ބްރިޖް ހިމެނޭގޮތުން 150 އުސް ބިނާތަކަށް އެލެއިން މިހާތަނަށް އަރާފައިވެއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް އެލެއިން ކުރާ މި މަސައްކަތުގެ ސަބަބުން އޭނާ މަޝްހޫރު ވެފައިވަނީ ފްރާންސްގް ސްޕައިޑާ މޭންގެ ނަމުންނެވެ.

comment ކޮމެންޓް