ރައީސް އޮފީހުގެ އާ ތަރުޖަމާނަކަށް މިއުވާން މުހައްމަދު ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން ހަމަޖެއްސީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ނަމަވެސް މަބްރޫކް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
މިހާރު ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހަމަޖެއްސި މިއުވާން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑުގެ މަގާމުގައެވެ.
އޭގެ ކުރިން އޭނާ ވަނީ ސަންގު ޓީވީ އަދި ރާއްޖެ ޓީވީގައި ވެސް މަސައްކަތް ކުރައްވާފައެވެ.