ހުޅުމާލޭ ގެއެއްގެ ބަދިގޭގައި ރޯވެ ގެއްލުންތަކެއް ވެއްޖެ

ހުޅުމާލެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެފަ -- ފޮޓޯ/ އެމްއެންޑީއެފް

ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ ގެއްލުންތަކެއް ވެެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގީ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށެވެ.

އެމްއެންޑީއެފްއަށް އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 14:09ހާއިރުއެވެ.

އެ ހާދިސާގައި ބަދިގޭގައި ހުރި ކަބަޑާއި އޭގައި ހުރި ބައެއް ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ބަދިގޭގެ ކަބަޑުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި --- ފޮޓޯ/ އެމްއެންޑީއެފް

ސިފައިން ވަނީ އެ އަލިފާން ނިއްވާލާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް