ރެހެންދި ސްކޫލު ކުދިން ކޮންމެ ދުވަހަކު ޖަމާއަތުގައި އަސްރު ނަމާދުކުރަން ފަށައިފި

ރެހެންދި ސްކޫލު ކުދިން ޖަމާއަތުގައި އަސްރު ނަމާދުކުރަނީ -- ފޮޓޯ/ ރެހެންދި ސްކޫލް

މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހުޅުމާލެ ރެހެންދި ސްކޫލުގެ މެންދުރު ފަހު ދަންފަޅީގެ ދަރިވަރުން ޖަމާއަތުގައި އަސްރު ނަމާދުކުރަން ފަށައިފިއެވެ.

އެކަމާ ގުޅިގެން އެ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދުން ފެށިގެން ދަރިވަރުން ސްކޫލަށް ފޮނުވުމުގައި ހަތަރު ކަމަކަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ.

އެގޮތުން ދަރިވަރުން ސްކޫލަށް ފޮނުވާއިރު މެންދުރު ނަމާދު ކުރުވުމަށްފަހު ދަރިވަރުން ވުޟޫ ކުރުވައިގެން ސްކޫލަށް ފޮނުވުމަށް އެ ސްކޫލުން ވަނީ އެދިފައެވެ. އަދި ދަރިވަރުން ސްކޫލަށް ފޮނުވާއިރު، މުސައްލަ، ނަމާދު ދޮޅި، އިސްޓާކީނުފަދަ ތަކެތި ދަރިވަރުގެ ނަން ޖެހުމަށްފަހު ފޮނުއްވުމަށް ވަނީ އެދިފައެވެ.

"ކޮންމެ ދުވަހަކު ވެސް ބޫޓު ލުމަށް އިތުރު ކޮތަޅެއް (ޕްލާސްޓިކް ނޫން) - ދަރިވަރުގެ ފުރިހަމަ ނަމާއި ކްލާސް ޖައްސަވާފައި ފޮނުވުން،" އެ މެސެޖުގައިވެއެވެ.

މީގެއިތުރުން ސްކޫލަށް ދަރިވަރުން އަންނައިރު ނަމާދު ކުރުމަށް އެކަށީގެންވާ ސާފުތާހިރު އިސްޓާކީނަކަށް އެރުމަށް ވެސް އެ ސްކޫލުން ވަނީ އެދިފައެވެ.

comment ކޮމެންޓް