އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަކަށް ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާކަން ކަސްޓަމްސްގެ މީޑިއާ އޮފިޝަލު މިރޭ ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ.
ނަމަވެސް، އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު، ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯތަކެއް ފަހަކަށް އައިސް އަންނަނީ އާންމުވަމުންނެވެ. އެކަމަކު، ކަސްޓަމްސްގެ މުވައްޒަފުން ސަސްޕެންޑު ކުރީ އަލަމްގީރުއާ ގުޅުން ހުރި މައްސަލައެއްގައި ކަމެއް ސާފެއް ނުވެއެވެ.
ނަމަވެސް، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން، އެ މައްސަލަގައި ތުހުމަތުކުރެވޭ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ، އަޙްމަދު ނާޒިމް ޢަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ވަނީ ހައްޔަރުކޮށްފައެވެ.
އަލްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޓީޗަރުންތަކެއްވެސް ސަސްޕެންޑުކޮށްފައިވާކަމަށް އެޑިއުކޭޝަނުން އިއްޔެ ވަނީ ބުނެފައެވެ.
ހަމައެއާއެކު، އެ މައްސަލައިގެ ތުހުމަތަށް ހޯމް މިނިސްޓްރީގެ މުވައްޒަފަކުވެސް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން، އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީޙުގެ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. ނަމަވެސް އޭނާ ސަސްޕެންޑުކުރީ އަލްމަގީރުގެ މައްސަލައާ ގުޅިގެން ކަމެއް އަދި ސާފެއްނުވެއެވެ.
އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ކަމަށް "ސަން"އަށް ވަނީ އެނިފައެވެ.