ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން ފިރިހެން ސިންގަލްސްގެ ގަދަ 16އަށް ރާއްޖޭގެ ނިބާލް އަހުމަދު ދަތުރުކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރުކުރިއަށްދާ އެ މުބާރާތުގެ ގަދަ 16 އަށް ނިބާލް ދަތުރުކުރީ ދެވަނަ ބުރުގެ މެޗު ކާމިޔާބުކޮށްގެންނެވެ.
އެ މެޗު ނިބާލް ކާމިޔާބުކުރީ ސިއެރާ ލިއޯންގެ އިބްރާހީމް އިޒާގޯ އާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-04 ގެ ނަތީޖާއަކުން އަޖުފާން ރަޝީދު ކާމިޔާބުކުރިއިރު ދެވަނަ ސެޓު އޭނާ ގެންދިޔައީ 21-03ގެ ނަތީޖާއަކުންނެވެ.
ފިރިހެން ސިންގަލްސްގެ ގަދަ 16ގެ މެޗުތައް މާދަމާ ފަށާއިރު ނިބާލްގެ މެޗު ފަށަން ހަމަޖެހިފައިވަނީ މާދަމާ ރާއްޖެގަޑިން 15:00ގައެވެ. އެ މެޗުގައި އޭނާ ބައްދަލުކުރަންޖެހޭނީ ޖަމައިކާގެ ސަމުއެލް ރިކެޓްސްއާއެވެ.
މީގެއިތުރުން އެ މުބާރާތުގެ ބެޑްމިންޓަންގެ ފިރިހެން ސިންގަލްގެ ގަދަ 16ގައި ރާއްޖޭގެ އަޖުފާން ވެސް ވާދަކުރާނެއެވެ.
ގަދަ 16 އަށް އަޖުފާން ވެސް ދަތުރުކުރީ ދެވަނަ ބުރުގެ މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗު އަޖުފާން ކާމިޔާބުކުރީ ގާނާގެ އަޙްމަދު އަބްދުއްސަމަދާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-16 ގެ ނަތީޖާއަކުން އަޖުފާން ކާމިޔާބުކުރިއިރު ދެވަނަ ސެޓު އޭނާ ގެންދިޔައީ 21-14ގެ ނަތީޖާއަކުންނެވެ.
އަޖުފާން ކުޅެން ހަމަޖެހިފައިވާ ގަދަ 16ގެ މެޗު ވެސް ކުޅެން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މާދަމާ 15:00ގައެވެ. އެ މެޗުގައި އޭނާ ބައްދަލުކުރަނީ މެލޭޝިއާގެ ޓީޒޭ ޔޮންގްއެވެ.