އެމެރިކާއިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސަފީރަކު ކަނޑައަޅައިފި

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ހޫގޯ ޔޮން ---

އެމެރިކާއިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ޚާއްސަކޮށް ސަފީރަކު ކަނޑައަޅައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ރާއްޖެއަށް ޚާއްސަކޮށް ކަނޑައެޅުއްވި 'އެެމްބެސެޑާ އެެކްސްޓްރާ އޯޑިނަރީ އެންޑް ޕްލިނިޕޮޮޓެންޝަރީ' ގެ މަގާމަށް ހޫގޯ ޔޮން ހަމަޖައްސަވަން ނިންމަވާފައިވާ ކަން ހާމަ ކޮށްފައިވަނީ އިއްޔެ އެގައުމުގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައެވެ.

އެގައުމުގައި މީގެ ކުރިން ސަފީރުން ހަމަޖައްސަމުން އައިސްފައިވަނީ ސްރީލަންކާ އަދި ރާއްޖެއަށް އެއް ސަފީރަކު ހުންނަވާ ގޮތަށެވެ.

މިހާރު އޭނާ އަދާކުރައްވަމުން ގެންދަވަނީ އެމެރިކާގެ އަންޑާ ސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތް، އެނާޖީ، އަދި އެންވަޔަރަންމަންޓްގެ އޮފީހުގެ ސީނިއާ އެޑްވައިޒަރުގެ މަގާމެވެ.

ރާއްޖެއާއި އެމެރިކާގައި ދެ ގައުމުގެ އެމްބަސީ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ގައުމުން ވަނީ ދާދިފަހުން މަޝްވަރާކޮށްފައެވެ.

މީގެ 60 އަހަރު ކުރިން ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށް، ދެ ގައުމުގެ ދެމެދު އޮތް ދުވަސްވީ ގާތްގުޅުމަކީ އެމެރިކާ ސަރުކާރުން ފަޚުރުވެރިވާ ގުޅުމެއްކަމަށް ވެސް އެ ގައުމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް