އެމްޓީސީސީ ބަސް ދަތުރުކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަލަށް ގެނައި ބަސްތައް --- ސަންފޮޓޯ/ ނާއިލް ހުސައިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މާލެ އާއި ހުޅުމާލޭގައި ބަސް ދަތުރުކުރާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ ބަސް ދަތުރުކުރާ ގަޑިތަކަށް ބަދަލު ގެނައީ ފުރަންދާ މީހުންނަށާއި އެއާޕޯޓުގައި މަސައްކަތްކުރާ މީހުންނަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ.

"މި ބަދަލާއެކު ޑިއުޓީ އުސޫލުން މަސައްކަތްކުރާ ފަރާތްތަކަށް 00:00ގެ ޑިއުޓީ ނިންމުމަށްފަހު ބަސް ހިދުމަތް ބޭނުންކޮށްގެން މާލެ އަދި ހުޅުމާލެއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ،" އެމްޓީސީސީން ބުންޏެވެ.

ބަސް ދަތުރުކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ދަންވަރު 00:15ގައި މާލޭ ވެސްޓް ޕާކުން ހުޅުމާލެ ފޭސް އެކަކަށް ވަނީ ދަތުރެއް އިތުރުކޮށްފައެވެ. އަދި ދަންވަރު 00:15ގައި މާލޭ ކާނިވަލް ސަރަހައްދުން ހުޅުމާލެ ފޭސް އެކަކަށް ވަނީ ދަތުރެއް އިތުރުކޮށްފައެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް ދެއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބަސް ކޮންމެ 30 މިނެޓެއްގައި ދަތުރުކުރާނެއެވެ.

comment ކޮމެންޓް