Ooredoo
Dhiraagu

މެންބަރު ސައުދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން --- ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

Ooredoo

"ސަން"އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީން މިއަދު ވަނީ އެ ޕާޓީއަށް އަލަށް ސޮއިކުރި 3،000 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މެމްބަރު ސައުދުގެ ފޯމު ވެސް ހިމެނެއެވެ.

ސައުދު އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެށީ ޑީއާރްޕީންނެވެ. ޑީއާރްޕީގެ ޓިކެޓްގައި ގއ. ވިލިނގިލީ ކައުންސިލް މެންބަރު ކަމަށް އިންތިޚާބުވިއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެންމެ ފުރަތަމަ ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ކަމަށް އޭނާ އިންތިޚާބުވީ ޕީޕީއެމްގެ ޓިކެޓްގައެވެ.

މިފަހަރު އޭނާ އިންތިޚާބުވެފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. މިހާތަނަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރެއްވުމުން މަޖިލީހުގެ މެންބަރުކަމުން ވަކިކުރި 12 ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ.

Redstar
comment ކޮމެންޓް

comment ހޯނު

3 year 9 month ago

ކިޔަންނަށް އޮތެ ގޮތަކަށް ތަނެކެ ދިލައިގެން ވިޔަސް ކަންނައިތި.... މަޖިލީހުގައި ތަގެ 2 ދައުރެ ނިމީގެން މި އިޔެންނައު އިޔޮއްތޯ ވިލިނގިއްލޭ ބަދެރާ އޮތެލިކާ. ދަލެކެ ހަޔާތެކެސް ނެތިކުން. ކޮންމެ އިންތިހާބަކަށް ލާރި ގޯނިގޯނި ހިފައިގެން ރަޓަށް ގޮހު މީހަނެ ހައްލެއްގެން ވޯޓު ހޮވައިގެން މަޖިލީހަށް އާހު މަތިކެބޭ ފަޑިޔަށް އަރައި ތި އިންނައު. އެކެ ޕާޓީން އެނެކެ ޕާޓީއަށް....އެމީހާ ގާތުން މިމީހާ ގާތަށް.... މީހެން ލޮލު އަދެނެ އޮޑެވަންނަން ވެގެން ފޭސްބުކު ޕޭޖުގައި ޕޯސްޓެކެ ކެރީމެއި ތަން ހީވެއި މީހެންނެގެ ހައްގު އަދާވިޔުންނޫހެން... މަހުޝަރުގެ މައިދާނުގައި ކުރިމަތިވެންނޭ ސުވާލެތަކުގެ ޖަވާބެ އިންޓަނެޓުން ސާޗުކޮށްގެން ތައްޔާރެ ވެންނެއިތި. ވަރަން ސަލާމް!

comment ސަދޫމް

3 year 9 month ago

އޭނާ ހިތުން 3 ވަނަ ދައުރެއް އެޔަގީން ކުރީ، ހަރާމް ކުރަންވީ ދެން އެންމެ ވޯޓެއްވެސް ހޯދާކަށް އަމިއްލަ ނަފްސު ރަސޫލާޔަށް ފުރައްސާރަކޮށް އިސްލާމްދީނަށް ހަޖޫޖަހާ ބަޔަކަށް ތިޔަ ވިއްކާލީ އަމިއްލަ މަންފާއަށްޓަކައި އެތަށް ރައްޔަތުންނެއް ރޮއްވާލުމަށްފަހުގައެވެ،.

comment ނުކިޔަވާ މީހާ

3 year 9 month ago

ރަނގަޅު އެއްޗެއް އަތަށް އައީ!!!!!!

comment ވަޙީދު

3 year 9 month ago

ލިވާތު ކުޅި އަށް މަރުހަބާ ކީތާ

comment މުހައްމަދު މުހައްމަދު

3 year 9 month ago

3 ފައްވީ. އަނެއްކާ ވީޑިއޯ އެއަ އުޅެނީތަ.؟