ފާރަގެމައިގެ ޚާއްސަ ތަމްރީނެއް މާލޭގައި ހިންގަނީ

ފުލުހުން ގެންގުޅޭ ކުއްތާތަކެއް--- ފޮޓޯ/ ފުލުހުން

ފުލުހުންގެ ބައެއް އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ކުއްތާތަކުގެ ހާއްސަ ތަމްރީނެއް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހާރު ގެންގުޅެމުންދާ ކުއްތާތަކަކީ މަސްތުވާތަކެތި ދެނެގަތުމަށް ބޭނުންކުރާ ކުއްތާތަކެކެވެ. މީގެ ކުރިން ފުލުހުން ކުއްތާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

ނަމަވެސް މިއަދު ކުރިއަށްގެންދާ ތަމްރީނުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ވަރުގަދަކުރުމަށް ފާރަގެމަ އުފައްދައި، ކުއްތާތައް ގަނައުމުގެ މަސައްކަތް ފެށީ ރައީސް ޢަބްދުﷲ ޔާމިންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފުލުހުން އެންމެ ފުރަތަމަ ކުއްތާތައް ގެނައުމަށް ފަހު ފާރަގެމައިގައި ހިމެނޭ ކުއްތާތަކުގެ އަދަދު 17އަށް އިތުރުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ދެ ކުއްތާއެއް މަރުވެ، މިހާރު ފުލުހުން ގެންގުޅެނީ 15 ކުއްތާއެވެ.

comment ކޮމެންޓް