ޕީއެންސީގެ އެސްޖީގެ މަގާމަށް ޝިފާޤު އައްޔަންކޮށްފި

ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ އައު އެސްޖީ ޝިފާޤު މުފީދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާޤު މުފީދު (ހިސްޓޯ) މިއަދު އައްޔަންކޮށްފިއެވެ.

މިއަދު ބޭއްވި ޕީއެންސްގެ ކައުންސިލު ބައްދަލުވުމެއްގައި ޝިފާގު އެ ޕާޓީގެ އެސްޖީގެ މަގާމަށް އައްޔަނު ކުރީ އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ހިސްޓޯއަކީ ރަައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގަ ހިސްޓޯ ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާސްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭގެ ފަހުން އޭނާ ބަދަލުކުރެވީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށެވެ.

comment ކޮމެންޓް