މުދަލު ޒަކާތުގެ ފައިސާ އެންމެ ގިނައިން ދޫކުރީ މިއަހަރު، ބޮލަކަށް 3،000 ރުފިޔާ

މީހަކު މިއަދު ޒަކާތް ބަލައިގަންނަނީ-- ސަން ފޮޓޯ: އަލީ ނަސީރު

މުދަލު ޒަކާތުގެ ގޮތުގައި 1442 ވަނަ އަހަރު ބޮލަކަށް ޖެހޭ އަދަދަކީ 3,000 ރުފިޔާ ކަމަށާއި، މިހާތަނަށް މުދަލު ޒަކާތުގެ ފައިސާ އެންމެ ގިނައިން ދޫކުރީ މި އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މި އަހަރު ރެޖިސްޓްރީވެފައި ވަނީ 8،959 މީހުން ކަމަށާއި، 3،000 ރުފިޔާއަކީ އޭގެ ތެރެއިން ބޮލަކަށް ޖެހުނު އަދަދު ކަމަށެވެ.

އެހެންކަމުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބެހި ޖުމްލަ އަދަދަކީ 26،877،000 ރުފިޔާއެވެ.

މީގެ ކުރީ އަހަރުތަކަށް ބަލާއިރު، 1440 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ 2000 ރުފިޔާއެވެ. އޭރު ފަޤީރުންގެ އަދަދަކީ 10944އެވެ. 1441 ވަނަ އަހަރު ފަޤީރުންގެ ގޮތުގައި 7778 މީހުން ތިބިއިރު ބޮލަކަށް ޖެހުނީ 2700 ރުފިޔާއެވެ.

comment ކޮމެންޓް