އިންޑިއާގެ އެކެޑެމީ އޮފް ކަސްޓަމްސްއަށް ޒިޔާރަތްކުރާ އޮފިސަރުން ފޮނުވާލުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިންޑިޔާގެ މުމްބާއިގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ 30 ކަސްޓަމްސް އޮފިސަރުން ފޮނުވާލުމުގެ ރަސްމިއްޔާތު---

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިންޑިޔާގެ މުމްބާއިގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ 30 ކަސްޓަމްސް އޮފިސަރުން ފޮނުވާލުމުގެ ރަސްމިއްޔާތެއް ބާއްވާފައިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިޓް ރިތޭޝްއާއި އެކު މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލް ޢަބްދުالله ޝަރީފް ވަނީ ބައިވެރިވެވަޑައިންފައެވެ.

ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިޓް ރިތޭޝްވަނީ މިހާތަނަށް މުމްބާއީގެ އެންއޭސީއައިއެންގެ ފަރާތުން އިންތިޒާމްކޮށް ބޭއްވިފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓްތަކުގައި ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވުން ފާހަގަކުރައްވާފައިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިންޑިޔާގެ މުމްބާއިގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ 30 ކަސްޓަމްސް އޮފިސަރުން ފޮނުވާލުމުގެ ރަސްމިއްޔާތު---

ރިތޭޝްގެ ވާހަކަފުޅުގައި، ކަސްޓަމްސްގެ ބޭނުމަށްޓަކައި އިތުރު ދެތިން ތަމްރީން ޕްރޮގްރާމްތަކެއް މި އަހަރުތެރޭގައި ބޭއްވުމަށް އިންތިޒާމް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އިންޑިޔާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރި މިދިޔަ އަހަރު 31 އިންސައްތަ ކުރިއަރާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގައި މި އަދަދު ވަނީ ފުރަތަމަ ފަހަރަށް 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވެ، 323 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އެއަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރި ފަސް ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުންވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައި ކަމަށެވެ. އެގޮތުން މިހާތަނަށް 100 ކަސްޓަމްސް އޮފިޝަލުން އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީން ދެވިފައިވާ ކަމަށް ބުނެއެވެ. އަދި އިރުތު 90 ކަސްޓަމްސް އޮފިޝަލުން އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީން ކޮށްފައިވާ ކަން ވެސް ކަސްޓަމްސް އިން ފާހަގަ ކުރެއެވެ.

ޖޫން 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަސްޓަމްސް ކޯޕަރޭޝަން އެމްއޯޔޫގައިވަނީ ސޮއިކޮށްފައެވެ.

ސީބީއައިސީ އާއި އެމްސީއެސް އާ ދެމެދު އަލަށް ސޮއިކުރެވުނު ޕްރީ-އެރައިވަލް އެކްސްޗޭންޖް އޮފް ކާގޯ ޑޭޓާ އާއި ބެހޭ އެމްއޯޔޫގެ ދަށުން ޕްރީ-އެރައިވަލް ކަސްޓަމްސް ޑޭޓާ އެކްސްޗޭންޖްގެ އައު މަޝްރޫޢެއް ވަނީ އިފްތިތާހު ކުރެިވފައެވެ.

ކަސްޓަމްސް އިން ބުނީ މި މަޝްރޫޢުގައި ދެ ކަސްޓަމްސް ވުޒާރާގެ ދެމެދުގައި ޓެކްނޮލޮޖީގެ ޒަރިއްޔާއަށް އިސްކަންދީ ކަސްޓަމްސް ޑޭޓާ ވަގުތުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި ރިސްކް މެނޭޖްމަންޓް ބޭނުންކޮށް ފުޅާކުރުމަށް މަގުފަހިވުމާއިއެކު އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ކޮމްޕްލައަންސް މޮނީޓަރިންގް ހިންގުމަށް އެހީތެރިވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެއެވެ.

ޖޫން ހަޔަކުން ޖުލައި އެކަކަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައިި އޮފިސަރުން، ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ގާނޫނު ތަންފީޒުކުރުމުގެ މައުލޫއަށް ބިނާކޮށް ހިންގޭ ހަތަރު ހަފްތާގެ ތަމްރީނެއްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކަސްޓަމްސް އިން ބުނީ މި ތަމްރީން ޕްރޮގްރާމްގައި އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް