މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އެމްވައިއެމް - އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ގްރޫޕް ބީ ގެ ފުރަތަމަ ދެ މެޗުން އިންވެޑާސް އަދި ސަސްޕަޓިސް މޮޅުވެއްޖެއެވެ.
މިއަދު ހަވީރު މިލަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅުނީ އިންވަޑާސް އަދި ޗިކޯސް އެފްސީ ބައްދަލު ކުރިމެޗެވެ. އެ މެޗު އިންވެޑާސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ކުޅެ ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެެސް ފުރަތަމަ ހާފު ނިމުނީ ޙުސައިން ސައިފް މޫސާގެ ދެ ގޯލުން އިންވެޑާސް މޮޅުވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގައި ޗިކޯސްްގެ މުޙައްމަދު ނަވީދު ޖެހި ގޯލުން އެ ޓީމުން މެޗުގެ ނަތީޖާގެ ފަރަގު ވަނީ ކުޑަކޮށްފައެވެ.
މިއަދު ހަވީރުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ބްލަޑްޒް އާއި ސަސްޕަޓިސްއެވެ.
އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސަސްޕަޓިސްއެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ސަސްޕަޓިސް ވަނީ ގޯލެއްޖަހައި ލީޑު ނަގައިފައެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ސަންޕަޓިސްގެ މުޙައްމަދު ޝަބީން އާދަމްއެވެ.
މެޗުގެ ދެވަނަ ހާފުގައި ސަސްޕަޓިސްގެ ޙަސަން ޢަބްދުލް ސަމަދު ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދީ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. އެ ގޯލު ޖަހައިދިނީ އެ ޓީމުގެ ޙުސައިން ޢަބްދުއްސަމަދެެވެ. އަދި ސަސްޕަޓިސްއަށް ލިބުނު ޕެނަލްޓީއެއްގައި މެޗުގެ ތިންވަނަ ގޯލުޖަހައިދިނީ ޝަބީންއެވެ.
އެ ނަތީޖާއާކު އެ ދެ މެޗު ނިމުމުން ގުރޫޕް ބީގެ އެއްވަނައިގައި އިންވަޑާސް އަށް ވުރެ މަތީގައި ތާވަލުގެ އެއްވަނައިގައި ސަސްޕަޓިސް އޮތީ ފައިދާ ދެ ގޯލުގެ ތަފާތުންނެވެ.
އީއެލްއޭ ފުޓްސަލް ޗެލެންޖު 2022 ގައި މިރޭ ވެސް ދެ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. އެ މެޗުތަކުގައި ބައްދަލުކުރާނީ މަނަދޫ ފުޓުބޯޅަ ޓީމާއި މަޖިސްޓާގެ އިތުރުން އެކްސީޑް އާއި މަފާއެވެ.