އެންމެންގެ ސަމާލުކަން ހޯދި "ލޯބި މާމަ" ނިޔާވެއްޖެ

ގިނަ ބައެއްގެ ސަމާލުކަން ހޯދި، ނ. މިލަދޫ ހައްވާ އަބޫބަކުރު (ހައްވަ ދައިތަ) -- ފޮޓޯ/ ޝޫ

އެންމެންގެ ސަމާލުކަން ހޯދި، ނ. މިލަދޫ ހައްވާ އަބޫބަކުރު (ހައްވަ ދައިތަ) ނިޔާވެއްޖެއެވެ.

މިލަދޫ ކައުންސިލުގެ ރައީސް އަބްދުލްމަޖީދު މުޙައްމަދު "ސަން"އަށް ވިދާޅުވީ ޙައްވަ ދައިތަ ނިޔާވީ ހުކުރު ދުވަހު މާލޭގައި ކަމަށެވެ. ނިޔާވިއިރު އޮތީ އައިޖީއެމްއެޗުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޙައްވަ ދައިތަ ނިޔާވިއިރު އުމުރުން 90އަށްވުރެ މަތިވާނެއެވެ.

ޙައްވަ ދައިތަ މަޝްހޫރުވީ އުމުރުން އެހާ ދުވަސްވީއިރު ވެސް އޭނާގެ ރީތިކަމުގެ ފުރިހަމަކަމާއެކުގައެވެ. އެއާއެކު ހައްވަ ދައިތަ ވެގެންދިޔައީ ކުރެހުންތެރިންގެ މެދުގައި ވެސް މަގުބޫލު މީހަކަށެވެ.

ޒުވާން ކުރެހުންތެރިން މީގެ ކުރިން އޭނާގެ ކުރެހުންތައް ކުރަހައިފައި ވެސް އެބަހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް