ތިލަފުށީގައި މަސައްކަތް ކުރާ މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ މީހާ -- ފޮޓޯ/ފުލުހުން

ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ، ނ. މިލަދޫ ގުމުރީގެ، މުއްރަތު އަލީ، 30 އެވެ.

ފުލުހުން ބުނިގޮތުގައި މި މީހާ އާއިލާއަށް ޚަބަރެއްނުވެ، ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުން ބުނީ، މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި، އޭނާ އެންމެ ފަހުން ފެނިފައިވަނީ މި ދިޔަ އާދިއްތަ ދުވަހުގެ 17:00 ކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށެވެ. އޭނާ އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެނާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9833000 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް