ލާންސް ކޯޕްރަލް ސުލްތާންގެ ހަނދާނުގައި އާއިލާއިން ހިނަވާގެއެއް ހަދައިފި

ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން އިބްރާހީމްގެ ހަނދާނުގައި ހެދި ހިނަވާގެ ހުޅުވުން

އިންޑިއާގައި ޓްރެއިނިން ހަދަމުން ދިޔަ، އުމުރުން 22 އަހަރުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން އިބްރާހީމްގެ ހަނދާނުގައި އާއިލާއިން ހިނަވާގެއެއް ހަދައިފިއެވެ.

ލާންސް ކޯޕްރަލް ސުލްތާންގެ އުފަން ރަށް އއ. ހިމަންދޫގައި ހަދާފައިވާ މި ހިނަވާގެ އާއިލާއިން ވަނީ އިއްޔެ ވަނީ އެރަށު ކައުންސިލާ ހަވާލުކޮށްފައެވެ.

ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން އިބްރާހީމްގެ ހަނދާނުގައި ހެދި ހިނަވާގެ ހުޅުވުން

އެރަށު ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް 'ސަން' އަށް ވިދާޅުވީ ލާންސް ކޯޕްރަލް ސުލްތާންގެ ހަނދާނުގައި 2022 ވަނަ އަހަރު ހިނަވާގެއެއް ހެދުމަށް ކައުންސިލުން ވެސް ތާވަލު ކުރި ކަމަށެވެ. ނަމަވެސް އާއިލާގެ ޚަރަދުގައި އެކަން ކުރުމަށް ސުލްތާންގެ ބައްޕަ އިސްވެ ހުރެ ކައުންސިލުގައި އެދުމާއި އެކު ކައުންސިލް ޖަލްސާއަކުން ފާސްކުރުމަށް ފަހު އާއިލާއިން ހިނަވާގެ ހެދާ ގޮތަށް ނިންމީ ކަމަށް ވެސް ހުޝާމް ވިދާޅުވިއެވެ.

ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން ނިޔާވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފުން ބުނީ، އެ ދުވަހު މެންދުރު ދުވުމުގެ ތެރޭގައި ސުލްތާން ވެއްޓުމުން ވަގުތުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ސުލްތާން ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް