އިންޓަ އޮފީސް ބިލިއާޑް މުބާރާތް އަންނަ ބުދަ ދުވަހު

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތް އަންނަ ބުދަ ދުވަހު ފަށަން ތައްޔާރު ވެއްޖެއެވެ.

ނުވަ ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ދެ ޑިވިޝަނެއްގެ ކުޅުން ކުރިއަށް ދާނެއެވެ. އެއީ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަނެވެ.

މި އަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޝަނުން 15 ޓީމެއް ބައިވެރި ވެފައިވެއެވެ. އެއީ:

 • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
 • އައިލެންޑް އޭވިއޭޝަން ސާވިސް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވިއަން)
 • މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)
 • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
 • ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
 • ކްލަބް އިމިގްރޭޝަން
 • ޕޮލިސް ކްލަބް
 • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)
 • މޯލްޑިވްސް ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)
 • ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ)
 • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)
 • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)
 • ޕްރެޒިޑެންޓްސް އޮފީސް ސޯޝަލް ކްލަބް
 • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

އަންހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ ފަސް ޓީމެވެ. އެއީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިތުރުން ޕްރެޒިޑެންޓްސް އޮފީސް ސޯޝަލް ކްލަބާއި ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އިންނެވެ.

އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ ބިލިއާޑް އެސޯސިއޭޝަންގައި ކަމަށް އެމްޕީބީއޭއިން ބުންޏެވެ.

comment ކޮމެންޓް