ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖައެގޭ"އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ބަތަލާ މަންދިރާ ބޭދީ ބޮޑު މެދުކެނޑުމަކަށް ފަހު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މީގެ ކުރިން ތެލުގޫ އަދި ހިންދީ ފިލްމުތަކުން މުޅިން ވެސް ފެނިފައިވާ ބަތަލާ ބޮޑު މެދުކެނޑުމަކަށް ފަހު ފިލްމީ މަސައްކަތަށް އެނބުރި އަންނަނީ ކެރިއަރުގެ ފުރަތަމަ މަޅަޔާލަމް ފިލްމު "އައިޑެންޓިޓީ"އިންނެވެ. ފިލްމު "އައިޑެންޓިޓީ"ގެ ސްކްރިޕްޓް އަޑު އެހުމަށް ފަހު މަންދިރާއަށް ހުށަހެޅުނު ރޯލަކީ މީގެ ކުރިން އަދާކޮށްފައިވާ ރޯލެއް ނޫން ކަމުން އެ ރޯލަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނު ކަމަށް މަންދިރާ ވަނީ ބުނެފައެވެ.
ހަމައެއާއެކު މިހާރު ސައުތު ސިނަމާގެ ފިލްމުތަކަކީ ބަހުރުވައިގެ ތަފާތަށް ނުބަލާ އެންމެ ގިނަ އޯޑިއަންސް އޮތް ސިނަމާކަމުން މަޅަޔާލަމް ފިލްމެއްގައި މަސައްކަތްކުރުމަކީ ވަރަށް ބޭނުންކަމެއް ކަމުގައި 52 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

މަންދިރާ ފިރިމީހާ ރާޖް ކޯޝަލް--ފޮޓޯ/ފިލްމުފެއަ
ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން މަންދިރާއަކީ އިންޑިއާގައި އަންހެނުން ކްރިކެޓަށް ތައާރަފުކޮށް އަންހެން ކުޅުންތެރިން ކުރިކެޓަށް ނެރުމުގައި ވަރަށް ބޮޑު އިސްދައުރެއް އަދާކުރާ މީހެކެވެ.
ތެލުގޫ އަދި ހިންދީ ފިލްމު "ސާހޯ"އިން 2019 ވަނަ އަހަރު މަންދިރާ ހާއްސަ ރޯލުން ބެލުންތެރިންނަށް ފެނުނުއިރު އޭގެ ފަހުން ފިލްމީ މަސައްކަތުން މަންދިރާ ވަނީ ވަރަށް ބޮޑު ބްރޭކެއް ނަގާފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ 2021 ވަނަ އަހަރު މަންދިރާގެ ފިރިމީހާ ކުރީގެ ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ރާޖް ކޯޝަލްގެ ކުއްލި މަރެވެ.