ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި

ގެއްލިގެން ހޯދަަމުން އަންނަ ފުވައްމުލަކުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދު، 35،--

ފުވައްމުލަކު ބޭރަށް މިދިޔަ ހޯމަ ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ސައީދު ހޯދުމަށް މިދިޔަ ހަތް ދުވަހުގެ ތެރޭގައި ވައިގެ މަގުން 2960 އަކަމޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މީގެ އިތުރުން ކަނޑުގެ މަގުން 760 އަކަމޭލު އަދި ކަނޑުގެ އަޑިން 85 މީޓަރު ފުނާއި ހަމައަށް 1000 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ ސަޢީދު ޑައިވިނަށް ފޭބީ ހޯމަ ދުވަހުގެ މެންދުރު 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިދިޔަ ހޯމަދުވަހުގެ 15:36 ހާއިރުއެވެ.

އޭނާ ގެއްލުނު ސަރަހައްދުން ސިފައިން ވަނީ މަސްހިފަން ގެންގުޅޭ ޒާތުގެ ދަގަނޑަކާއި، ޑައިވް ބެލްޓެއް ވެސް ހޯދާފައެވެ.

comment ކޮމެންޓް