މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން، މާފުށީގައި: މާފުއްޓަކީ ކ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މާލެ ސިޓީ ފިޔަވައި އަލިފާން ނިއްވުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށް -- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ރަސްމީކޮށް ކ. މާފުށީގައި ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޚިދުމަތް އެ ރަށުގައި ފަށައި އިތުރަށް ފުޅާ ކުރުމަށް މާފުށި ކައުންސިލާއެކު ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި އެމްއެންޑީއެފްގެ ލީޑަޝިޕުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ޖެނެރަލް އޮފިސަރުންނާއި، ސީނިއާ އޮފިސަރުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާފުށި ކައުންސިލާއެކު ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންއާއި އެމްއެންޑީއެފްގެ ލީޑަރޝިޕުން ވަނީ މަޝްވަރާކުރައްވަނީ--- ފޮޓޯ އެމްއެންޑީއެފް

މާފުއްޓަކީ ކ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މާލެ ސިޓީ ފިޔަވައި އަލިފާން ނިއްވުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށެވެ.

އެމްއެންޑީއެފުން ބުނީ މިޚިދުމަތް މި އަތޮޅުގެ އާބާދީ ބޮޑު އެހެން ރަށްރަށުގައި ވެސް ފެށުމަށް މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް