ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދޮންބައްޕައަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާއާ ދެކޮޅަށް ރާއްޖޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން: ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދޮންބައްޕައަކު ވަނީ ހައްޔަރުކޮށްފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނ, ރ, ބ, އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ރީޖަންގެ ރަށަކުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 40 އަހަރުގެ ފިރިހެނެކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖެންޑާ މިނިސްޓްރީއާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލަމުން އަންނައިރު ހައްޔަރުކޮށްފައިވަނީ އެ އަންހެން ކުއްޖާގެ ދޮންބައްޕަކަން ވަނީ އެނގިފައެވެ.

comment ކޮމެންޓް