ދެ މާރާމާރީއެއް ހިންގައި ބަޔަކު ޒަހަމްކޮށްލައިފި

ކުށުގެ ވެށިން އަތުލައިގަތް މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ-- ސަން ފައިލް ފޮޓޯ

މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީތަކެއް ހިންގައި ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވިގޮތުގައި ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން މާވެޔޮ މިސްކިތް ކައިރީގައެވެ. ފަތިހު 5:48 ކަންހާއިރު ހިންގި އެ މާރާމާރީގައި 23 އަހަރުފެ ދިވެއްސަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. މިއަދު 9:17 ކަންހާއިރު ހިންގި އެ މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ.

އެ ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އެ މާރާމާރީތަކުގައި ޒަހަމްވި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އީދު ދުވަހު މާރާމާރީތަކެއް ހިންގާފައިވާއިރު ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް