އެސްޓީއޯ ސަން ބަދިގެ: އެގް ޕައި

ސަން ބަދިގެ ޕްރޮގްރާމްގައި މިއަދު މި ގެނެސްދެނީ އެގް ޕައި ތައްޔާރު ކުރާނެ ގޮތެވެ. ރޯދަ ވީއްލާ ގަޑީގައި ސުުފުރާމަތި ފަޅުފިލުވާލަން އެގް ޕައި ވަރަށް ރަނގަޅުވާނެއެވެ.


ބޭނުންވާނެ ތަކެތި:

  • 2 ބިސް
  • އިނގުރުކޮޅެއް
  • ލޮނުމެދުކޮޅެއް
  • ރާނބާފަތާއި ހިކަނދިފަތް
  • 1 ފިޔާ
  • 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • މިރުހެއް
  • 1 ޖޯޑު ފުށް
  • ބައި ދަޅު މަސް
  • އަސޭމިރުސްކޮޅެއް
  • ރަހަލާވަރަށް ލޮނު


ތައްޔާރުކުރާނެ ގޮތް:

އެގްޕައި ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ ތަވާއަކަށް ތެޔޮފޮދެއް އަޅައި، ފިޔާ، ލޮނު އަދި ހިކަނދިފަތް އަޅައި އެއްކޮށްލާނީއެވެ.

އެއަށްފަހު، މިރުސްއަޅައި އެއްކޮށްލާފައި މަސްދަޅުކޮޅު އަޅާލާނީއެވެ.

މަސްގަނޑުގެ ތެރެއަށް ދެން އަޅާނީ، ޗިސްކޮށްފައިވާ އިނގުރުކޮޅާއި ލޮނުމެދުކޮޅެވެ.

މިހާހިސާބުން ޓޮމާޓޯ އަޅައި އެއްކޮށްލުމަށްފަހު އަސޭމިރުސްކޮޅު އަޅާނީއެވެ.

މިހާރު ހުންނާނީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ. ދެން ޕައިއަށްވާ ވަރަށް ފުށްކޮޅެއް މޮޑޭނީއެވެ.

ފުށްމޮޑެ، ރޮށި ދެމުމަށްފަހު، ކޮންމެ ރޮއްޓެއް ހަތަރު ބަޔަށް ޖަހާނީއެވެ.

އަދި ކޮންމެ ރޮށި ފަޅިއަކަށް މަސްގަނޑުން އެތިކޮޅެއް ލުމަށްފަހު، ބިސް ފަޅިއެއް ލައި، ފުށްގަނޑު އޮޅާލާނިއެވެ.

އެއަށްފަހު އަވަނަށްލައި ފިހުމުން، އެގްޕައި ތައްޔާރުކޮށް ނިމުނީއެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: މަރިޔަމް އަލީ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް