އެސްޓީއޯ ސަން ބަދިގެ: މުރަނގަފަތު ބަތް

ސަން ބަދިގެ ޕްރޮގްރާމްގައި މިއަދު މި ގެނެސްދެނީ މުރަނގަފަތު ބަތް ތައްޔާރު ކުރާނެ ގޮތެވެ. އެކި ކަހަލަ ރިހަޔާއެކު ނުވަތަ ރިހާކުރާއެކު ކާލަން ވެސް މުރަނގަފަތު ބަތް ވަރަށް މީރުވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • މުރަނގަ ފަތް
  • ބަތް

ތައްޔާރުކުރާނެ ގޮތް:

މުރަނގަފަތު ބަތް ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ ބަތް ކައްކާނީއެވެ. ބޭނުންވާ މިންވަރަށް ބަތް ކޮޅެއް ކެއްކުމަށްފަހު، މުރަނގަފަތް ނޮޅައި، ފެނުކައްކާނީއެވެ.

މުރަނގަ ފަތް ފެނުކައްކާ މަޑުވުމުން އިނގިލިކުރީލައި ފިއްތާލެވޭނެއެވެ.

މުރަނގަ ފަތު ބަތް ތައްޔާރު ކުރުމަށްޓަކައި، ކައްކާފައި ހުރި ބަތްކޮޅު ހޫނުކޮށްލާނީއެވެ. އެއަށްފަހު ފެނުކައްކާފައި ހުރި މުރަނގަ ފަތް ކޮޅު އަޅައި މަޑުމަޑުން އެއްކުރާނީއެވެ.

ރަނގަޅަށް އެއްވަންދެން މަޑުމަޑުން ފަތް އަޅައި އެއްކުރާނީއެވެ.

މިހާރު ހުންނާނީ މުރަނގަފަތު ބަތް ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޝީދާ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް