އޭރޯފްލޮޓުގެ ދަތުރުތައް އަލުން ފަށަނީ

ރަޝިޔާއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، ރަޝިޔާ-ރާއްޖެ ފްލައިޓް އަލުން ފަށަން ޝެޑިއުލް ކޮށްފައި ވަނީ، އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

ރަޝިޔާގެ ގައުމީ އެއާލައިން އޭރޯފްލޮޓުގެ ދަތުރުތައް ކުރާނީ، އޭ330-330 ބޯޓުގައި، ދުވާލަކު އެއް ފްލައިޓް ކަމަށް ސިވިލް އޭވިއޭޝަނުން މައުލޫމާތު ދިނެވެ.

ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މަޝްރަހު ހޫނުވެ، އެ ގައުމުން ރާއްޖެއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް ހުއްޓާލީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

އޭގެ ފަހުން ރަޝިޔާއިން ވަނީ އެގައުމުގެ ބޯޓުތަކަށް ރާއްޖެއިން ޚިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދިނުމަށް އެދިފައެވެ. އެހެންކަމުން ރާއްޖެއިން ވަނީ ކުރިއެކޭ ވެސް އެއްގޮތަށް މިގައުމުން ރަޝިޔާގެ ބޯޓުތަކަށް ޚިދުމަތް ދޭނެކަން އަންގާފައެވެ.

https://sun.mv/164269

އޭރޯފްލޮޓުގެ ދަތުރުތައް ހުއްޓާލުމުން، ރާއްޖެއަށް ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި ޔޫކްރޭން ހަނގުރާމައިގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން ކަމަށްވީ ނަމަވެސް މިހާރު އެގައުމުގެ މާކެޓު ވަނީ ދެވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް