އެސްޓީއޯ ސަން ބަދިގެ: މުރަނގަފަތު މަސްހުނި

ސަން ބަދިގެ ޕްރޮގްރާމްގައި މިއަދު މި ގެނެސްދެނީ މުރަނގަފަތު މަސްހުނި ތައްޔާރު ކުރާނެ ގޮތެވެ. ރޮއްޓާ ޖަހައިގެން ކާލަން މުރަނގަފަތު މަސްހުނި ވަރަށް މީރުވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 ފިޔާ
  • ހުނި (1 ކާށި ކިބައިގެ)
  • ލުނބޯ ފަޅިއެއް
  • މިރުހެއް
  • 1 ޖޯޑު މުރަނގަ ފަތް (ފެނު ކައްކާ މަޑުކޮށްފައި)
  • 1 ދަޅު މަސް
  • ރަހަލާވަރަށް ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާކޮޅުގެ ތެރެއަށް ލޮނާއި މިރުސްކޮޅު އަޅާލައި، މޮޑެލާނީއެވެ.

އެއަށްފަހު މަސްދަޅު އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ. އޭގެފަހުން އަޅާނީ ހުންޏެވެ. ހުނިއަޅައި ރަނގަޅަށް އެއްވުމުން، މުރަނގަ ފަތްކޮޅު އަޅާލާނީއެވެ.

މުރަނގަފަތާއެކު ހުރިހާ އެއްޗެއް ރަނގަޅަށް މޮޑެލުމަށްފަހު، ހުތް ޖަހައި އެއްކޮށްލާނީއެވެ.

މިހާރު ހުންނާނީ މުރަނގަފަތު މަސްހުނި ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޝީދާ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް